މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތް ލައިވްކުރުމާއި ފޮޓޯ /ވީޑިއޯ ނަގާދިނުމުގެ މަސައްކަތް ހަވާލުކުރާފަރާތް އާންމުކުރުން

މިކައުންސިލްގެ ޤުރުއާން މުބާރާތާއި މަދަހަ މުބާރާތް ލައިވްކުރުމާއި ފޮޓޯ /ވީޑިއޯ ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރ (IUL)333-MS/333/2026/2 އިއުލާނާއި ގުޅިގެން ބިޑް ހުށަހަޅާފައިވަނީ 02 (ދޭއް) ފަރާތުންނެވެ. ހުށަހަޅާފައިވާ ބިޑްތައް މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތީން އިވެލުއޭޝަންހަދާ ބިޑް ކޮމިޓީން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިމަސައްކަތް  ތިރީގައިއެވާ ފަރާތާއި ޙަވާލުކުރުމަށް ހަމަޖެހިފައިވާކަން އާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.

ބީލަން ޙަވާލުކުރަން ނިންމާފައިވާ ފަރާތް

ވިޔަފާރީގެ ނަން: އިވެންޓްސާރވް މޯލްޑިވްސް

ހުށަހަޅާފައިވާ އަގު: -/95،200 (ނުވަދިހަ ފަސްހާސް ދުއިސައްތަ ރުފިޔާ)

މުއްދަތު: 07 (ހަތެއް) ދުވަސް

ހުށަހާޅާފައިވާ ބިޑާގުޅިގެން ޝަކުވާހުށައެޅުމަށް ކަނޑައެޅިފައިވާ އެންމެފަހުގެ ތާރީޚްއަކީ 2026 ފެބްރުއަރީ 16 ވާ ހޯމަ ދުވަހުގެ 13:00އެވެ. މިތާރީޚްގައި ސްޓޭންޑް – ސްޓިލް މުއްދަތު ހަމަވާނެއެވެ. ޝަކުވާ ނުވަތަ އިވެލުއޭޝަންގެ ތަފްޞީލް ހޯދުމަށްއެދޭއިރު މަސައްކަތުގެ ނަން، ބީލަންވެރިޔާގެ ނަން، ގުޅޭނެ ފޯނު ނަންބަރ އެނގޭނެހެން  [email protected] އަށް އީމެއިލް ހުށައެޅުއްވުން އެދެމެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

11 ފެބުރުވަރީ 2026
ހޯދާ