ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކަލެކްޝަން ސަރވިސަސް މެނޭޖަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ކަލެކްޝަން ސަރވިސަސް މެނޭޖަރ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން

މެނޭޖަރ

މުސާރަ

ސަރވިސް އެލަވަންސް

ސްޕެޝަލް ޑިއުޓީ

ޢިނާޔަތްތައް:

25,000 ރުފިޔާއާއި 20,000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން:

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

  1. އެންވަޔަރަންމަންޓް / ވޭސްޓް މެނޭޖްމެންޓް / ސޯޝަލް ޕްލޭނިންގއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ހާސިލުކޮށްފައިވުމާއެކު، ސޯޝަލް ޕްލޭނިންގ އެންޑް ޑިވޮލޮޕްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެންވަޔަރަންމަންޓް / ވޭސްޓް މެނޭޖްމެންޓް / ސޯޝަލް ޕްލޭނިންގއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ހާސިލުކޮށްފައިވުމާއެކު، ސޯޝަލް ޕްލޭނިންގ އެންޑް ޑިވޮލޮޕްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެންވަޔަރަންމަންޓް / ވޭސްޓް މެނޭޖްމެންޓް / ސޯޝަލް ޕްލޭނިންގއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ހާސިލުކޮށްފައިވުމާއެކު، ސޯޝަލް ޕްލޭނިންގ އެންޑް ޑިވޮލޮޕްމަންޓުގެ މަސައްކަތުގެ ދާއިރާއެއްގައި 7 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ވޭސްޓް ކަލެކްޝަންގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އެ ދިރާސާތަކުގެ އަލީގައި ޚިދުމަތް ފޯރުކޮށްދޭނެ މޮޑެލްތަކެއް ފަރުމާކޮށް، ޢަމަލީ މަސައްކަތް ހިންގުން.
  2. ވޭސްޓް ކަލެކްޝަންގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ތަޢާރަފްކުރަންޖެހޭ އުސޫލުތައް ތައްޔާރުކުރުމާއި، އެ އުސޫލުތަކާ އެއްގޮތްވާގޮތުގެމަތިން މަސައްކަތް ކުރިއަށްގެންދިއުން.
  3. ވޭސްޓް ކަލެކްޝަންގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ޚިޔާލު ހޯދާނެ ނިޒާމެއް އެކުލަވައިލައި،  ލިބޭ ޚިޔާލުތަކުގެ އަލީގައި ޚިދުމަތް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތްކުރުން.
  4. ވޭސްޓް ކަލެކްޝަންގެ ޚިދުމަތާ ގުޅުންހުރި ރިކޯޑްތައް ބެލެހެއްޓުމާއި، ޚިދުމަތްހޯދާ ފަރާތްތަކުގެ ޑޭޓާބޭސް ގަވައިދުން އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. ވޭސްޓް   ކަލެކްޝަންގެ  ޚިދުމަތް  މޮނިޓަރކުރުމާއި،  އިތުރަށް  ރަނގަޅުކުރުމަށް   ބޭނުންވާ  ކަންތައްތައް ދެނެގަނެ، މި ޚިދުމަތް ފުރިހަމަގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  6. ވޭސްޓް ކަލެކްޝަންގެ ޚިދުމަތްހޯދާ ފަރާތްތަކަށް ލުއިފަސޭހަގޮތެއްގައި އެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުންކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދިރާސާކޮށް، އެ ޚިދުމަތްތައް ފަރުމާކޮށް ހިންގުން.  
  7. ކޯޕަރޭޝަނުން ތައްޔާރުކުރާ ތަފާތު ރިޕޯޓްތަކަށް ވޭސްޓް ކަލެކްޝަންގެ ދާއިރާއިން ބޭނުންވާ މަޢުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖައްސައި، މަހުންމަހަށް ރިޕޯޓް ތައްޔާރުން.
  8. ކޯޕަރޭޝަންގެ ފަރާތުން ވޭސްޓް ކަލެކްޝަންގެ ޚިދުމަތް ފުރިހަމަގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ  މަސައްކަތްތައް ތަރައްޤީކޮށް ހިންގުން.
  9. ވޭސްޓް ކަލެކްޝަންސ ޚިދުމަތަކީ ކޯޕަރޭޝަންގެ ފަރާތުން އަލަށް ތަޢާރަފްކުރާ ޚިދުމަތެއްކަމުގައިވާތީ، މި މަޤާމަކީ ޚިދުމަތް ތަރައްޤީކުރުމުގެ މަރުޙަލާގައި  ޕްލޭނިންގއާއި ޑިޕާޓްމަންޓްގެ ދަށުގައި މަސައްކަތްކުރަންޖެހޭ މަޤާމެއް ނަމަވެސް، ޚިދުމަތް ފޯރުކޮށްދޭން ފެއްޓުމުން މި މަޤާމުގެ މަސައްކަތްތައް ހިނގާނީ އޮޕަރޭޝަންސް ޑީޕާޓްމަންޓުގެ ދަށުންނެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  1. މަސައްކަތާ ގުޅުންހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ.
  2. ކޯޕަރޭސަންގެ މަސައްކަތްތައް ކުރިއަށްގެންދިއުމާ ގުޅުންހުރި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

ހުށަހަޅަންޖެހޭ ތަކެތި:

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. 
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ.
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.

ސުންގަޑި:

2015 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން،  ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މައި އޮފީހަށް (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާ) ހުށަހެޅުން.

އިންޓަވިއު:

- އިންޓަވިއުއާއި އިމްތިޙާންކުރުން 10 ޑިސެންބަރު 2015 އާއި 13 ޑިސެންބަރު 2015 އާ ދޭތެރޭގައި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަންގެ މައި އޮފީސް؛ މއ. ޖަންބުގަސްދޮށުގެ، 3 ވަނަ ފަންގިފިލާގައި އޮންނާނެއެވެ.

- އިންޓަވިއުއާއި އިމްތިޙާންކުރުމަށް ކޯޕަރޭޝަނުން ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 5 އަށްވުރެ ގިނަނަމަ، ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައިގެން 5 ފަރާތެއް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރުމަށް މި ކޯޕަރޭޝަންގެ 3000584 ނަންބަރު ފޯނަށް ނުވަތަ 7584070 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

25 ޞަފަރު 1437

 

07 ޑިސެންބަރު 2015
ހޯދާ