ދިވެހިރާއްޖެ
|
އިޢުލާނު |
|
|
މަޤާމު: |
ސިވިލް އިންޖިނިއަރ (ކޮންޓްރެކްޓް) |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަޤާމުގެ މުއްދަތު: |
12 މަސް ދުވަސް |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް |
|
ޖޮބް މެޓްރިކްސް ނަން: |
ސިވިލް އިންޖިނިއަރުން |
|
މަޤާމުގެ ރޭންކު: |
ޕަބްލިކް ސަރވިސް ރޭންކް 8 |
|
މުސާރަ: |
18,945.00 ރުފިޔާ |
|
މަޤާމުގެ އެލަވަންސް: |
10,850.00 ރުފިޔާ |
|
އެހެނިހެން އެލަވަންސް: |
1. ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/295 ރުފިޔާ 2. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
|
|
ރިޕޯޓްކުރުން |
|
|
މަޤާމުގެ ޝަރުޠުތައް: |
|
|
ތަޢުލީމީ ދާއިރާ:
|
ސިވިލް އިންޖިނިއަރިންގ ސްޓްރަކްޗަރަލް އިންޖިނިއަރިންގ ކޮންސްޓްރަކްޝަން އިންޖިނިއަރިންގ އާކިޓެކްޗުރަލް އިންޖިނިއަރިނގް ބިލްޑިންގ އިންޖިނިއަރިންގ ސިވިލް އިންޖިނިއަރިންގ ސްޓްރަކްޗަރސް ސިވިލް އެންޑް އާރކިޓެކްޗުރަލް އިންޖިނިއަރިންގ ބިލްޑިންގ އެންޑް އާކިޓެކްޗުރަލް އިންޖިނިއަރިންގ ސިވިލް އެންޑް އެންވަޔަރަންމަންޓަލް އިންޖިނިއަރިންގ ސްޓްރަކްޗަރަލް އެންޑް ސިވިލް އިންޖިނިއަރިންގ ސްޓްރަކްޗަރަލް އިންޖިނިއަރިންގ އެންޑް ބިލްޑިންގ ޓެކްނޯލޮޖީ ސްޓްރަކްޗަރަލް އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން، ސަސްޓެއިނަބަލް ސްޓްރަކްޗަރަލް އިންޖިނިއަރިންގ، ސިވިލް އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން މެނޭޖްމަންޓް ކޮންސްޓްރަކްޝަން އިންޖިނިއަރިންގ މެނޭޖްމަންޓް، ސިވިލް އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން ކޮންސްޓްރަކްޝަން މެނޭޖްމަންޓް އެންޑް އިންޖިނިއަރިންގ އިންފްރާސްރަކްޗަރ އިންޖިނިއަރިންގ އެންޑް މެނޭޖްމަންޓް ސްޓްރަކްޗަރަލް އެންޑް ބިލްޑިންގ ޕްރޮޑަކްޓްސް އިންޖިނިއަރިންގ |
|
މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް: |
އިންޖިނިއަރިންގ ދާއިރާގެ އަމަލީ މަސައްކަތާއި ފަންނީ މަސައްކަތާއި ދިރާސާ ކުރުމުގެ މަސައްކަތްތައް |
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ވަޒީފާއަށް އެދޭކަން ބަޔާން ކުރާ ސިޓީއެއް. 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) ތަޢްލީމީ ސެޓްފިކެޓް ދޫކޮށްފައިވަނީ، މަތީތަޢުލީމު ދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ކަމުގައި ވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ސެޓްފިކެޓްގެ ފެންވަރު/ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތެއްގައި، ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ. (ށ) ތަޢްލީމީ ސެޓްފިކެޓް ދޫކޮށްފައިވަނީ ރާއްޖޭގެ މަތީތަޢްލީމު ދޭ މަރުކަޒަކުން ކަމުގައި ވާނަމަ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 5. މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ނަމަ އެކަން އަންގައިދޭ ލިޔުންތަކުގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. 7. ޕްރެކްޓިޝަނަރސް ރެޖިސްޓަރީގައި ހިމެނިފައިވާ ކަމުގެ ލިޔުމުގެ ކޮޕީ.
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ އެންމެހާ ލިޔުންތައް 22 ފެބްރުއަރީ 2026 (އާދިއްތަ) ދުވަހުގެ 13:30 ގެ ކުރިން، ޖޮބް ސެންޓަރގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ދެންނެވީމެވެ. ޕޯޓަލް ލިންކް: https://jobcenter.mv/dv/employer/jobs/13155/edit އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
ޝޯޓްލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
|
އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނީ 22 ފެބްރުއަރީ 2026 އިން 22 މާރިޗު 2026 އާއި ދެމެދު، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ ގައެވެ. |
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.
|
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3026951 , 3026914 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުސޫލުތައް > "ރެކްރޫޓްމަންޓް އުސޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
|
