ދިވެހިރާއްޖެ
ބާތަކެތި ނީލަން ކިޔުން
މި އެޖެންސީގައިހުރި ބާ ތަކެތި ދުވަހު ނީލަމުގައި ވިއްކުން (ދެވަނަ އިއުލާން)
މި އެޖެންސީގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއްތަކެއްޗާއި ބޭނުންނުކުރާ ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުމަށްވަނީ ހަމަޖެހިފައެވެ. މިނީލަމާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިއެވަނީއެވެ.
ނީލަންކިޔާ ދުވަސް: 22 ފެބުރުވަރީ 2026
ނީލަންފަށާ ގަޑި: 10:00
ނީލަން ކިޔުން އޮންނާނެތަން: މޫކައި ސުއިޓްސް 3 ވަނަ ފަންގިފިލާ
މި ނީލަމުގައި ނީލަންކިޔާތަކެތި ބަލަން ބޭނުންފުޅުވާ ފަރާތްތަކުން 17 ފެބުރުވަރީ 2026 ވަނަ ދުވަހުގެ 11:00 އަށް މޫކައި ސުއިޓްސްގެ 3 ވަނަ ފަންގިފިލާއަށް ޙާޞިރުވުންއެދެމެވެ.
ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭއަގު މި އިޢުލާނާއިއެކު އެއްކަރުދާސް ކޮއްފައިވާނެއެވެ.
ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، 22 ފެބުރުވަރީ 2026 ވަނަ ދުވަހު 10:00އަށް މޫކައި ސުއިޓްސްއަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުންއެދެމެވެ.
މި ނީލަން ކާމިޔާބުކުރާ ފަރާތްތަކުން، ސަރުކާރު ބަންދުނޫން 3 ދުވަހުގެ ތެރޭގައި، ނީލަމުން ނެގި ތަކެތީގެ ފައިސާ މާލީކަންކަމާއި އަދި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް ދެއްކުމަށްފަހު، ސަރުކާރު ބަންދުނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންގޮސް ތަންހުސްކުރަންޖެހޭނެއެވެ. މި މުއްދަތުގައި ނުގެންގޮސްހުންނަ ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ.
މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
10 ފެބުރުވަރީ 2026
