ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ.ނިލަންދޫ ކައުންސިލްގެ އާ އިިމާރާތް އެޅުަމަށް ހަމަޖެހިފައިވާ ބިމުގައިވާ ރުއްގަހާގުޅޭ....

       ގއ.ނިލަންދޫ ކައުންސިލްގެ އާ އިމާރާތް އެޅުމަށް ހަމަޖައްސާފައިވާ ބިމުގައިވާ ރުއްގަހުގެ ވެރިފަރާތްތައް ހޯދުމަށް މި ކައުންސިލުން ބޭނުންވެއެވެ. މިކަމަށް ކައުންސިލުން ހަމަޖައްސަވާފައިވާ ބިމަކީ، ކޯޓާއި އިންވެގެން އުތުރަށް އޮތްބިމެވެ. ބިންދައްކުވައިދޭ ކުރެހުން، (ޗާޓް) މި އިޢުލާނާއިއެކު އެއްހީރަސް ކުރެވިފައިވާ ވާނެއެވެ.

     ރުއްގަހުގެ ބަދަލުގެ މައްސަލަ ހަމަޖެއްސުމަށްޓަކައި ، ކައުންސިލް އިދާރާއިން އިންވަކިކޮށްފައިވާ، ސަރަޙައްދުގައި ފާހަގަކޮށްފައި ރުއްގަހުގެ ތެރެއިން، އެރުއްގަހުގެ ވެރިން، 12 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 11:00 ގެ ކުރިން ގެ ކުރިން ކައުންސިލަށް ވަޑައިގެން، އެފަރާތެއްގެ ރުއްގަހުގެ އަދަދު ކައުންސިލަށް އަންގަވައި ދެއްވުން އެދެމެވެ.  އަދި މުއްދަތުގައި ތަފްސީލު ލިބިފައިނުވާ ރުއްގަހަކީ ބަންޑާރަ ރުއްތަކެއްގެ ގޮތުގައި ކަނޑައެޅިގެންދާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވެމެވެ.  އިއުލާނާއި ގުޅިގެން އެއްވެސް މަޢުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ 7831070 އ. ކައުންސިލް އެގްޒެކެޓިވް އާއި ފޯނުން ގުޅުއްވުން އެދެމެވެ.

                މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށް އިޢުލާން ކުރީމެވެ.

                            22  ޝައުބާން    1447

10 ފެބުރުވަރީ 2026
ހޯދާ