ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެލިދެ އަތޮޅު ފުލިދޫ ކައުންސިލްގެ ޢަޟްހާ ޢީދު އިވެންޓް އިންތިޒާމް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުން

މި ބީލަމަކީ ފެލިދެ އަތޮޅު ފުލިދޫ ކައުންސިލުން ފުލިދޫ ރައްޔިތުންގެ ނަމުގައި އަޟްހާ ޢީދު ފާހަގަ ކުރުމުގެ ގޮތުން މި އިވެންޓްގެ އެންމެހާ ކަންކަން  އިންތިޒާމްކޮށް ހަމަޖައްސާދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ހުޅުވާލެވޭ ބީލަމެކެވެ.

ވީމާ މިމަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމަށާއި، އަގު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

#

ތާރީޙް

ގަޑި

ތަން/ތަފްސީލް

މަޢުލޫމާތު ސާފުކުރުން

19 ފެބްރުއަރީ 2026

( ބުރާސްފަތި ދުވަސް )

12:30

ފެލިދެ އަތޮޅު ފުލިދޫ ކައުންސިލްގެ/ ގްރައުންޑް ފްލޯރ/ ސޯސަންމަގު ވ.ފުލިދޫ

އަގު ހުށަހެޅުން

10 މާރިޗު 2026

( އަންގާރަ ދުވަސް )

12:30

ފެލިދެ އަތޮޅު ފުލިދޫ ކައުންސިލްގެ/ ގްރައުންޑް ފްލޯރ/ ސޯސަންމަގު ވ.ފުލިދޫ

 

މައުލޫމާތު ބައްދަލުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ވ.ފުލިދޫ ކައުންސިލްގެ އީ-މެއިލް އަށް މެއިލްކޮށް ރަޖިސްޓާރ ވާންޖެހޭނެއެވެ. [email protected]  

މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ. އަދި ގަޑިޖެހުމުން ހުށަހަޅާ އެއްވެސް އަންދާސީހިސާބެއް ބަލައެއްނުގަނެވޭނެއެވެ.

ނޯޓް: މިބީލަމުގައި އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ދިވެހި ކުންފުންޏަކަށް އަދި ޕާރޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، އަމިއްލަ ފަރުދުންގެ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފަރާތަކީ، ދަޢުލަތުގެ ޕްރޮކިއުމަންޓް ބީލަމަކާ ގުޅިގެން ސަސްޕެންޑްކުރެވިފައިވާ ފަރާތެއްކަމުގައި ވެގެން ނުވާނެއެވެ.

10 ފެބުރުވަރީ 2026
ހޯދާ