ދިވެހިރާއްޖެ
1447ވަނަ އަހަރުގެ ރަމަޟާން މަހު ކުނިމެނޭޖުކުރުމުގެ ޕްރޮގްރާމްގައި ބައިވެރިވެފައިވާ ގޭބިސީތަކުގައި އުފެދޭ ކުނި ނެގުމަށް ހަމަޖެހިފައިވާ ގަޑިތައް ތިރީގައި މިދަންނަވަނީއެވެ.
ހެނދުނު 6:30 އިން 11:00އަށް (ހޮނިހިރު އިން ބުރާސްފަތި)
ހެނދުނު 6:30 އިން 10:00އަށް (ހުކުރު)
ކުނިމެނޭޖު ސެންޓަރަށް އަމިއްލައަށް ކުނިގެންދާ ފަރާތްތަކުންނާއި އަދި ގޭގެއިން އެސްޓިމޭޓް އުޟޫލުން ކުނިގެންދާ ފަރާތްތަކު މަތީގައި ދެންނެވިފައިވާ ގަޑިތަކުގެ ކުރިންނާއި ފަހުން އެއްވެސް ބާވަތެއްގެ ކުންޏެއް، ކުނިމެނޭޖުކުރާ ސެންޓަރަށް އުކާލުމަކީ މަނާކަމެކެވެ. މި އިޢުލާނުގައިވާ ގަޑިތަކާއި ޚިލާފަށް ކުނިއުކާ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަމުން ގެންދެވޭނެ ވާހަކަ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ވީމާ، މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
