މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހއ. ފިއްލަދޫގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު.
ހއ. ފިއްލަދޫގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު IUL)141-P/141/2026/4) (20 ޖަނަވަރީ 2026) ނަންބަރު އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ ޝަރުތުތައް ހަމަނުވާތީ އެ އަންދާސީ ހިސާބު ބާތިލުކޮށް އަލުން މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. އެގޮތުން ހއ. ފިއްލަދޫގައި ހޭންޑްބޯލް ކޯޓެއް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ދެވަނަ ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުގުވެރިވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 12ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ނިޔަލަށް ތިރީގައިވާ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް "ފުރިހަމަކޮށް ރަޖިސްޓްރީ ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް 15 ފެބްރުއަރީ 2026 ވާ އާދިއްތަ ދުވަހު ބީލަމާއި ގުޅޭ މައުލޫމާތުތަށް ހިއްސާ ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
- ބިޑް ރަޖިސްޓްރޭޝަން ފޯމްގެ ލިންކު: https://forms.gle/6Z3emEvJyWvaCf4B9
- ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 24 ފެބްރުއަރީ 2026 ވާ އަންގާރަ ދުވަހުގެ 10:30ގައި މި މިނިސްޓްރީ (ވެލާނާގެ 3 ވަނަ ފަންގިފިލާ)ގައެވެ.
09 ފެބުރުވަރީ 2026
ހޯދާ
