ދިވެހިރާއްޖެ
އިޢުލާން
މާލެއަތޮޅު ކާށިދޫ ކައުންސިލްގެ ފަރާތުން 28 ފެބްރުއަރީ 2026 ވަނަ ދުވަހުން ފެށިގެން "ކާށިދޫ ކައުންސިލް ވެޓަރަންސް ފުޓްސަލް ކަޕް 2026" ގެ ނަމުގައި ކުޅެވޭ ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވެވޭނީ ކާށިދޫއަށް ނިސްބަތްވާ ކްލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ބެލެނިވެރިކަމުގެ ދަށުން ބައިވެރިކުރާ ޓީމުތަކަށެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 20000 (ވިހި ހާސް) ރުފިޔާގެ ފައިސާގެ އިނާމާއި ރަން މެޑެލް އަދި ހަނދާނި ލިޔުން ދެވޭނެއެވެ. އަދި މުބާރާތުގެ ރަނަރ-އަޕް ޓީމަށް 10000 (ދިހަ ހާސް) ރުފިޔާގެ ފައިސާގެ އިނާމާއި ޓްރޮފީއާއި ރިހި މެޑެލް އަދި ހަނދާނި ލިޔުން ދެވޭނެއެވެ.
ވީމާ މި މުބާރާތުގައި ޓީމުތައް ބައިވެރިކުރަން ބޭނުންވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވާން އެދޭ ފޯމު ނަންގަވައި ފުރުއްވުމަށްފަހު 2026 ފެބްރުއަރީ 17 ވާ އަންގާރަ ދުވަހުގެ 13:00ގެ ނިޔަލަށް މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ފޯމު ހުށަހަޅުއްވާއިރު އޮންނަންވާނީ އެ ޓީމެއް ނިސްބަތްވާ ޖަމާޢަތުގެ ވެރިއެއްގެ ސޮއިކޮށް ތައްގަނޑު ޖަހާފައެވެ. ޓީމު ރަޖިސްޓްރީކުރަން އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައި އެވަނީއެވެ.
21 ޝައުބާން 1447
09 ފެބްރުއަރީ 2026
