ދިވެހިރާއްޖެ
ފިއްލަދޫ ސްކޫލް އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން:
- ފިއްލަދޫ ސްކޫލް އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިސައްކަތް ކޮށްދިނުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތު ފުރިހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް އަދި މަސައްކަތުގެ ތަފްސީލް ބީލަން ފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
- މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2026 ފެބްރުއަރީ 09 ން 2026 ފެބްރުއަރީ 12 ގެ ނިޔަލަށް ތިރީގައިވާ މަޢުލޫމާތު މި ސްކޫލްގެ މެއިލް [email protected] އަށް ފޮނުވުމަށް ދެންނެވީމެވެ.
-ވިޔަފާރީގެ ނަން އަދި ރަޖިސްޓްރޭޝަން ނަމްބަރ.
- ގުޅޭނެ ފަރާތުގެ ނަން އަދި ފޯން ނަމްބަރ.
-އިޢުލާން ނަމްބަރ.
ބިޑް ރަޖިސްޓްރީ ކުރެއްވުމުން، ރަޖިސްޓްރީ ކުރެއްވި ފަރާތުގެ އީމެއިލްއަށް ކޮންފަރމޭޝަން މެއިލް ފޮނުވޭނެއެވެ. ކޮންފަރމޭޝަން މެއިލް ނުލިބޭނަމަ ރެޖިސްޓްރީ ކުރެވުނުކަން ކަށަވަރުކުރުމަކީ ރަޖިސްޓްރީވާން އެދޭ ފަރާތުގެ ޒިންމާއެކެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ.
4. މިޕްރޮކިއުމަންޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2026 ފެބްރުއަރީ 12 ވަނަ ދުވަހުގެ ކުރިން މި އިޢުލާންގެ 8 ވަނަ ނަންބަރުގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
5. ބީލަން ހުޅުވުން އޮންނާނީ 2026 ފެބްރުއަރީ 16 ވަނަ ދުވަހުގެ 12:00 ގައިފިއްލަދޫ ސްކޫލްގެ ކޮމްޕިއުޓަރ ރޫމްގައެވެ.
6. މިޕްރޮކިއުމަންޓާގުޅޭ ބީލަންފޮތް މިއިޢުލާނާއެކު އާންމު ކުރެވިފައިވާނެއެވެ.
7. މި ބީލަމާގުޅޭ އެންމެހައި ލިޔެކިޔުންތައް މިއިޢުލާނާއެކު އެޓޭޗްކުރެވިފައި ވާނެއެވެ.
8. މި ޕްރޮކިއުމަންޓާގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފޯން: 6500536
އީ-މެއިލް: [email protected]
21 ޝަޢުބާން 1447
09 ފެބްރުއަރީ 2026
