މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
އޮޅުހިޔާގެ އައިސޮލޭޝަން ޔުނިޓް، ޖެނެރަލް ހޯލްޑިންގ އޭރިއާ، ފާޚާނާ، އަދި އޮފީހާއި ފާރަވެރިންގެ ކޮޓަރި މަރާމާތުކުރުން

މި މިނިސްޓްރީގެ ދަށުން ހިންގާ އޮޅުހިޔާގެ އައިސޮލޭޝަން ޔުނިޓް، ޖެނެރަލް ހޯލްޑިންގ އޭރިއާ، ފާޚާނާ، އަދި އޮފީހާއި ފާރަވެރިންގެ ކޮޓަރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)492-PS/492/2026/8 ގައިވާ މަސައްކަތުގެ ސްކޯޕަށް ބަދަލުއައިސްފައިވާތީ އަލުން އިޢުލާނު ކުރަމެވެ.

 ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 19 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ސްޓަރ ކްލައުޑްސް ބިލްޑިންގގެ 5 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. މަތީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބީލަން ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

   މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3309331 އަދި 3309333 ނަންބަރު ފޯނަށެވެ.

09 ފެބުރުވަރީ 2026
ހޯދާ