ދިވެހިރާއްޖެ
އެފް.އޭ.އެމް ޒޯން ޗެމްޕިއަންޝިޕް 2026 ފުޓްބޯޅަ މުބާރާތުގައި ދ.މީދޫއިން ބައިވެރިވާ ޓީމް މުބާރާތަށް ތައްޔާރުކުރުމަށް 20 ފެބްރުވަރީ 2026 އިން ފެށިގެން 65 ދުވަހުގެ މުއްދަތަށް ކޯޗެއް ހޯދުމަށް ބޭނުންވެއެވެ.
ތަމްރީންގެ މަޢުލޫމާތު:
ތަމްރީން ފެށުމަށް ހަމަޖެހިފައިވާ ތާރީޚް: 20 ފެބްރުވަރީ 2026
ތަމްރީން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ރަށް: ދ.މީދޫ
ބީލަން ހުށަހެޅުމާއި ބަލައިގަތުން:
ތާރީޚާއި ގަޑި:16 ފެބްރުވަރީ 2026 ވަނަ ދުވަހުގެ 13:00 ގައި.
ތަން: ދ.މީދޫ ކައުންސިލް މުޙައްމަދު ކަލޭފާނު މާލަމް.
ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ފެބްރުވަރީ 2026 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އިޢުލާނާއެކު އެޓޭޗްކުރެވިފައިވާ ފޯމު ފުރުމަށްފަހު ރަޖިސްޓްރީވުމަށް[email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވަނެއެވެ.
ނިލަންދެއަތޮޅު ދެކުނުބުރީ މީދޫ ކައުންސިލްގެ އިދާރާ، ދ.މީދޫ، ދިވެހިރާއްޖެ.
ފޯން: 6760042، 7357012، 7972318
ކޮޕީ: [email protected]
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.
