މުލަކަތޮޅު ރަތްމަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންކްރީޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

ކޮންކްރީޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން.

  މިކައުންސިލުން ފޯރުކޮށްދޭ މަޢުލޫމާތާއި، ކުރެހުމާއި އެއްގޮތަށް ކޮންކްރީޓް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން 21 ޑިސެންބަރު 2025 ދުވަހު ކުރި ނަންބަރު: (IUL)362/362/2025/32 އިޢުލާނައި ގުޅިގެން ހުށަހެޅި އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލުކޮށް އަލުން މި މަސައްކަތަށް އިޢުލާނުކުރަމެވެ.

1-      ކައުންސިލް އިދާރާގެ އައު އިމާރާތުގެ ދިދަބުޑު އެޅުން.

2-      ފައްތިޔާ ޖެހުމަށް ބޭނުންވާ ބުލޮކް އެޅުން.

3-      މަގު ބައްތި ތަކުގެ ބުޑުއެޅުން.

ނަންނޯޓު ކުރުން / ރަޖިސްޓްރޭޝަން:

  • މިމަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2026 ފެބުރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ރަޖިސްޓްރީކުރެއްވުން އެދެމެވެ. ބިޑް ހުށަހެޅުމަށް ރަޖިސްޓްރީކުރައްވާނީ މިކައުންސިލް އިދާރާއަށް ދުރުވެ، ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރައްވައިގެން ނުވަތަ ބިޑް ރަޖިސްޓްރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު މިއިދާރާގެ އީމެއިލް އެޑްރެސް:([email protected]) އަށް އީމެއިލް ކުރައްވައިގެންނެވެ.

އަގު ހުށަހެޅުން:

  • އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 ފެބުރުވަރީ 17 ވާ އަންގާރަ ދުވަހު 11:00ގައި މ.ރަތްމަންދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • އަންދާސީ ހިސާބު ހުށަހަޅުއްވަންވާނީ އަގުހުށަހަޅާ ޝީޓު ފުރިހަމަކޮށް  ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ.
  • ބީލަމުގައި  ބައިވެރިވުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.
  • ބީލަން ހުށަހެޅުމަށް ބަދަލުގައި އެހެންފަރާތަކުން ފޮނުވިދާނެއެވެ. ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ، އެކަން އަންގައިދޭ ލިޔުމެއް، އަދި ބަދަލުގައި ހާޟިރުވާ ފަރާތުގެ އައި.ޑީ.ކާޑު ކޮޕީ ގެންނަންވާނެއެވެ. ނަމަވެސް ބީލަންތައް ހުޅުވޭނީ ބީލަން ކެނޑުމަށް ހުށަހަޅާފައިވާ ގަޑީގައި ބީލަންވެރިން ނުވަތަ ބީލަންވެރިންގެ ބަދަލުގައި ޕަވާއޮފް އެޓަރނީ ދެވިފައިވާ ފަރާތްތަކުގެ ހާޟިރުގައި އެކަންޏެވެ.

ބިޑްހުށަހެޅުމުގެ ޝަރުތު

  • މިނިސްޓްރީ އޮފް އިކޮނަމިކް ޑެވެލޮޕްމަންޓްގައި ވިޔަފާރިކުރުމަށް ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތައް ނުވަތަ މިރަށުގައި މިބާވަތުގެ މަސައްކަތްކޮށް އުޅޭ ފަރާތްތައް.

މަސައްކަތް ހަވާލުކުރުމުގައި ޕޮއިންޓް ދޭނެ އުސޫލު:

  • މަސައްކަތައް ހުށަހަޅާ އަގު:   % 70

އެންމެ ކުޑަ އަގު ހުށަހަޅާފަރާތަކަށް އެންމެ މަތީ މާކުސް ދެވޭނެއެވެ.

  • މަސައްކަތައް ކުރުމަށް ހުށަހަޅާ މުއްދަތު: % 20

އެންމެ ކުރު މުއްދަތެއް ހުށަހަޅާފަރާތަކަށް އެންމެ މަތީ މާކުސް ދެވޭނެއެވެ.

  • މަސައްކަތާއި ގުޅޭ ތަޖްރިބާ:   % 10
  • §         ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ތެރެއިން -/25000ރ(ފަންސަވީސް ހާސް) ރުފިޔާއަށްވުރެ ކުޑަނޫން މަސައްކަތް ފުރިހަމަ ކޮށްފައިވާކަމުގެލިއުން ހުށަހެޅުމުން ކޮންމެ ލިއުމަކަށް 1 މާކުހުގެ މަގުން ގިނަވެގެން 10 މާކުހާހަމައަށް މާކުސް ދެވޭނެއެވެ.

އިތުރު މައުލޫމާތު:

މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދެއްވުމަށް ބޭފުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6720602 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ.

                 

                                   20  ޝަޢުބާން  1447

08 ފެބުރުވަރީ 2026
ހޯދާ