މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުން
ދިވެހިރާއްޖޭގެ އިދާރީ ދާއިރާގެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު 2010/7 ގެ 107 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކޮންމެ އަހަރަކު ފެބްރުއަރީ މަހުގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 15 ފެބްރުއަރީ 2026 ވާ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ރ. މާކުރަތު އިޖުތިމާއީ މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަ ދަންވަމެވެ. މި ބައްދަލުވުމުގައި ތިރީގައި މި ދަންނަވާ ކަންކަނަ ރައްޔިތުންނާއި ޙިއްޞާ ކުރެވޭނެއެވެ.
- 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް
- 2025 ވަނަ އަހަރުގެ މާލީ ރިޕޯޓް
ވީމާ، މި ބައްދަލުވުމަށް ވަޑައިގެންދެއްވުން އެދި މާކުރަތު އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. އަދި 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓް އަދި 2025 ވަނަ އަހަރުގެ މާލީ ރިޕޯޓް ޢާންމު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
08 ފެބުރުވަރީ 2026
ހޯދާ
