ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމައްޗަށް ވާގޮތަށް ހުންނަ ގަސްގަހުގެ ގޮފިތައް ކޮށުމާގުޅޭ

މި ރަށުގެ ބައެއް ގޭގޭގެ އިންފާރުން ބޭރަށް، މަގުމައްޗަށް ވާގޮތަށް ހުންނަ ގަސްގަހުގެ ގޮފިތަކުގެ ސަބަބުން މަގުން ދުއްވާ އުޅަނދުފަހަރަށް ތަފާތު ދަތިތަކާ ކުރިމަތިވަމުންދާކަމުގެ ޝަކުވާ މި އިދާރާއަށް ދަނީ ލިބެމުންނެވެ. ވީމާ އަމިއްލަ ފަރާތްތަކުގެ ގޯތިގެދޮރުގައި ހުންނަ ގަސްގަހާގެހިން މަގުމައްޗަށް ނިކުމެފައި ހުންނަ ގޮފިތައް، މަގުމަތިން ދަތުރުކުރާ އުޅަނދުފަހަރަށް އުނދަގޫނުވާނޭހެން، ބިމުން ފެށިގެން މަދުވެގެން 15 (ފަނަރަ) ފޫޓަށްވުރެ ތިރިނުވާނޭ ގޮތަށް ކޮށައި ސާފުކުރުމަށް ދަންނަވަމެވެ.

08 ފެބުރުވަރީ 2026
ހޯދާ