ދިވެހި ފުލުހުންގެ ޚިދުމަތް
ދިވެހިރާއްޖެ
ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލް

ވަޒީފާގެ ފުރުޞަތު

ނޯޓް: މި އިޢުލާނަކީ 2026 ޖަނަވަރީ 27 ވަނަ ދުވަހު ކުރެވިފައިވާ މި ޚިދުމަތުގެ ނަންބަރ: WPM/IUL/2026/02-171 އިޢުލާނަށް އެކަށީގެންވާ އަދަދަށް އެޕްލިކޭޝަން ފޯމް ލިބިފައިނުވާތީ، މި މަޤާމަށް ކުރިމަތިލުމަށް އިތުރު ފުރުސަތު ދިނުމުގެ ގޮތުން ކުރެވިފައިވާ އިޢުލާންއެކެވެ. ވީމާ ދެންނެވިފައިވާ އިޢުލާންއަށް ކުރިން ފޯމް ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމް ހުށަހަޅާކަށް ނުޖެހޭނެއެވެ.

މަގާމު:

 ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލް

މުސާރަ:

 17,175.00 ރުފިޔާ

ބޭނުންވާ އަދަދު:

 34

މަގާމުގެ ޝަރުތު:

  • ގްރޭޑް 10 ނިންމާފައިވުން؛
  • މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން؛
  • ފިރިހެނަކު ނަމަ އިސްކޮޅުން 05 ފޫޓް 03 އިންޗި، އަދި އަންހެނަކު ނަމަ އިސްކޮޅުން 05 ފޫޓް ހަމަވުން؛
  • ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން؛
  • ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ، އެ ކުށް ސާބިތުވެ ޙުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ ޙުކުމް ކަނޑައަޅާފައިވާ އަދަބު މާފުކުރިތާ 03 (ތިނެއް) އަހަރުދުވަސް ވެފައިވާ މީހަކު ކަމުގައި ވުން؛
  • ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ޝަރުޢީ ކޯޓަކުން އެ މީހެއްގެ މައްޗަށް ރައްކާތެރިކަމުގެ އަމުރެއް އެއްވެސް އިރެއްގައި ނެރެފައިވާ މީހަކު ކަމުގައި ނުވުން؛
  • ފުލުހުންގެ ވާޖިބު އަދާކުރުމަށް ބޭނުންވާ، ސިއްޙަތާއި އަޚްލާާޤާއި ޤާބިލުކަން ހުރި މީހަކު ކަމުގައި ވުން؛
  • ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުމާއި، ޤާނޫނުއަސާސީއާއި ޤާނޫނެއްގައި ބަޔާންކޮށްފައިވާ އިންތިޚާބީ މަޤާމެއް އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން؛
  • މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އުފުލިފައިވާ މީހަކު ކަމުގައި ނުވުން؛
  • ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްޙަތެއްގައިވާ ފަރާތެއް ކަމުގައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  • ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހެއްގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން

ވަޒީފާއަށް މީހުން ނެގުމުގައި ބަލާނެ އަދި އިސްކަންދޭނެ ކަންތައްތައް:

  • މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ހަށިހެޔޮކަން ދެނެގަތުމަށް ދެވޭ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓުން ފާސްވުން؛
  • މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކަށް ދެވޭ މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަރވިއު އާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވުން.
  • މި ވަޒީފާއަށް މީހުން ހޮވުމުގައި ކުރިއަށްގެންދެވޭ އެސެސްމަންޓްތަކުން މަތީ ނަތީޖާ ހޯދާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އާންމުކޮށް މަސައްކަތްކުރަންޖެހޭ ތަން:

  • މާލެ ސަރަހައްދު

ހުށަހަޅަންޖެހޭ ތަކެތި:

  • ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (މި ފޯމު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެބްސައިޓް (www.police.gov.mv) އިން ލިބެން ހުންނާނެއެވެ. އަދި މި އިޢުލާނުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.)
  • ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރިކޯޑު ބަލާ ފޯމު (މި ފޯމު މި އިޢުލާނުގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ  ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ. (ރާއްޖެއިން ބޭރުގެ މަރުކަޒަކުން ހަދާފައިވާ ކޯހެއްގެ ސެޓްފިކެޓެއް ނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ކޮޕީ. ސެޓްފިކެޓް ލިބިފައި ނުވާނަމަ،  ޔުނިވަރސިޓީ ނުވަތަ ކޮލެޖުން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމެންޓް ރިޕޯޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ)
  • ލިބިފައިވާ ހުނަރުވެރިކަމުގެ ސެޓްފިކެޓްތަކުގެ ކޮޕީ
  • ނެގިފަހުން 3 މަސް ވެފައިނުވާ އެ ފަރާތެއްގެ ޕާސްޕޯޓު ސައިޒުގެ ފޮޓޯ (ފޯމުގައި ތަތްކޮށްފައި)
  • އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސެންސް ލިބިފައިވާ ފަރާތެއްނަމަ ލައިސެންސްގެ ކޮޕީ
  • އެހެން ވަޒީފާއެއްގައި ދެމިހުރި މީހެއްނަމަ، ވަޒީފާ އަދާކުރަމުންދާ ތަނުގެ އިޢުތިރާޒެއް ނެތް ކަމުގެ ލިޔުން
  • މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ (ކުރިން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ މިހާރުވެސް ވަޒީފާއެއް އަދާކުރަމުންދާ ފަރާތެއްނަމަ، އެ ވަޒީފާތަކުގައި ހޭދަވީ މުއްދަތާއި އެ ވަޒީފާތަކުގެ މަސްއޫލިއްޔަތުތައް އެނގޭނެފަދަ ލިޔުން)

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ކުށުގެ ރެކޯޑް ބަލާ ފޯމު ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު، 2026 ފެބުރުވަރީ 12 ވަނަ ދުވަހުގެ 16:00 ގެ ކުރިން ޝަހީދު ހުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަނަށް ހުށަހެޅުން އެދެމެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 14:00 އިން 16:00 އަށެވެ.

ނޯޓް: މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބާޠިލުވާނެއެވެ. އަދި އިންޓަރވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެެވެ.

16 ޝަޢުބާން 1447
04 ފެބުރުވަރީ 2026
ހޯދާ