ހުވަދުއަތޮޅު އުތުރުބުރީ ކޮލަމާފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރު ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ހާފިޡު ހުންނާނެ ގެއެއް ހޯދުން

ތަރާވީޙް ނަމާދު ކުރުމަށް ގެންނަ ހާފިޡު ހުންނާނެ ގެއެއް ހޯދުމާއި ގުޅޭ

                  1447 ވަނަ އަހަރު ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ހާފިޡު ހުންނާނެ ގެއެއް ހޯދަން ބޭނުންވެއްޖެއެވެ. މިގޮތުން ހަމަޖައްސާ ގޭގައި ތިރީގައި މިވާ އިންތިޒާމްތައް ހަމަޖެހިފައި ހުންނަންވާނެއެވެ.

1- ހާފިޡުގެ ކެއުން ހަމަޖެއްސުން

2- ހާފިޡުގެ އަންނައުނު ދޮވެ އިސްތިރި ކުރުން

3- ނަމާދު ގަޑިތަކަށް ހާފިޡު މިސްކިތަށް ގެންދިއުމާއި ގެނައުމުގެ އިންތިޒާމްތައް ހަމަޖެއްސުން

4- ފާޚާނާ ގައި ހީޓަރު ހަރުކުރެވިފައި ހުރުން

5- ކޮޓަރީ ގައި އެއަރކަނޑިޝަން ހަރުކުރެވިފައި ހުރުން

               އަދި މީގެ އިތުރުން  ހާފިޡު ހުރުމަށް ހަމަޖައްސާ ގޭގައި ކައުންސިލުން ބަލާ މިންގަނޑުތަކަށް ފެތޭތޯ ބެލުމަށް ޗެކް ކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ. ވީމާ 1447 ވަނަ އަހަރު ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ހާފިޡުގެ ކެއުމާއި ހުރުން ހަމަޖައްސަން ހުށަހަޅާ ފަރާތްތަކުން 15 ފެބުރުއަރީ 2026 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާއަށް އަގު ހުށަހެޅުއްވުން އެދެމެވެ.

                  ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                  16 ޝަޢުބާން  1447    

                  04 ފެބުރުވަރީ   2026  

04 ފެބުރުވަރީ 2026
ހޯދާ