މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ
ދިވެހިރާއްޖެ
އޮޅުހިޔާގެ އައިސޮލޭޝަން ޔުނިޓް، ޖެނެރަލް ހޯލްޑިންގ އޭރިއާ، ފާޚާނާ، އަދި އޮފީހާއި ފާރަވެރިންގެ ކޮޓަރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)492-PS/492/2026/8 އިޢުލާނާއި ގުޅިގެން މަޢުލޫމާތަށް ބަދަލު އައުން

މި އިޢުލާންވަނީ 04 ފެބުރުވަރީ 2026 17:18 ގައި ބާތިލް ކުރެވިފައެވެ.


މި މިނިސްޓްރީގެ ދަށުން ހިންގާ އޮޅުހިޔާގެ އައިސޮލޭޝަން ޔުނިޓް، ޖެނެރަލް ހޯލްޑިންގ އޭރިއާ، ފާޚާނާ، އަދި އޮފީހާއި ފާރަވެރިންގެ ކޮޓަރި މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)492-PS/492/2026/8 ގައިވާ މަސައްކަތުގެ ތަފްޞީލުގައިވާ ޖަދުވަލު 4 (ފާރަވެރިންގެ ކޮޓަރި އަދި އޮފީސް) ގައިވާ ކުރެހުމަށް ބަދަލު އައިސްފައިވާ ވާހަކަ އަދި ސަޕްލައިކުރަންޖެހޭ ތަކެތީގެ ލިސްޓެއް 5 ވަނަ ޕޮއިންޓަށް އިތުރުކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކާ ދަންނަވަމެވެ.  

 ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 10 ފެބްރުއަރީ 2026 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ސްޓަރ ކްލައުޑްސް ބިލްޑިންގގެ 5 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ .

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. މަތީގައި ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބީލަން ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

   މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3309331 އަދި 3309333 ނަންބަރު ފޯނަށެވެ.

04 ފެބުރުވަރީ 2026
ހޯދާ