މިލަދުންމަޑުލު އުތުރުބުރީ ބިލެތްފަހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ހިންގާ އިމާރާތުގެ ހޯލް ފާރު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

(IUL)276/276/2026/3ނަމްބަރ

އިޢުލާން

ޕްރީސްކޫލް ހިންގާ އިމާރާތުގެ ހޯލް ފާރު މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

           މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް މިއިދާރާގެ ބެލުމުގެ ދަށުގައިވާ ޕްރީސްކޫލް ހިންގަމުން ގެންދާ އިމާރާތުގެ ވަށާފާރު މަރާމާތު ކުރަން ބޭނުންވެއެވެ.

           ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 11 ފެބުރުވަރީ 2026 ވަނަދުވަހުގެ 13:00  އަށް ކޯޓޭޝަން ހުށައެޅުންވުން އެދެމެވެ. ކޯޓޭޝަން ހުށަހަޅުއްވާނީ ކުރިން ދެންނެވި ގަޑިއަށް ބަންދުކުރެވިފައިވާ ސިޓީ އުރައިގައެވެ. ކޯޓޭޝަންގައި މަސައްކަތުގެ އަގު އަދި މުއްދަތު ބަޔާންކޮށް ހުށައެޅުއްވުން އެދެމެވެ. ވަށާފާރުގައި ކުރަންހުރި މަސައްކަތުގެ މައުލޫމާތު ޝީޓް މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6540047 ފޯނާއި ގުޅުއްވާ މަޢުލޫމާތު ސާފްކުރެއްވުން އެދެމެވެ.

           މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ.

04 ފެބުރުވަރީ 2026
ހޯދާ