މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް 15 (ފަނަރަ) ލެޕްޓޮޕް، 15 (ފަނަރަ) ކޮމްޕިއުޓަރ އަދި 20 (ވިހި) މޮނިޓަރ ގަތުން

މި އޮތޯރިޓީން ދޭ މަޢުލޫމާތާ އެއްގޮތަށް، 15 (ފަނަރަ) ލެޕްޓޮޕް، 15 (ފަނަރަ) ކޮމްޕިއުޓަރ އަދި 20 (ވިހި) މޮނިޓަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، ބީލަމުގައި ރަޖިސްޓްރީ ވުމަށް ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުގެ ކުރިން، ޝައުގުވެރިވާ ފަރާތުގެ ނަން، ގުޅޭނެ ފަރާތުގެ ތަފްޞީލް މަޢުލޫމާތު (ނަން މަޤާމް، އީމެއިލް އަދި ފޯނު ނަންބަރު) އިނގޭނެ ގޮތަށް [email protected] އަށް އީމެއިލް މެދުވެރިކޮށް ރަޖިސްޓްރީކުރުމަށް ފަހު، ތިރީގައި ބަޔާންކޮށްފައިވާ ތާވަލްއާ އެއް ގޮތަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

 

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

ބީލަމުގައި ރަޖިސްޓަރ ވުމުގެ ސުންގަޑި

12 ފެބްރުވަރީ 2026

ބުރާސްފަތި

11:00

އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރުމުގެ ސުންގަޑި

16 ފެބްރުވަރީ 2026

ހޯމަ

11:00

އަންދާސީ ހިސާބު ހުށަހެޅުން

19 ފެބްރުވަރީ 2026

ބުރާސްފަތި

11:00

 

 

މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަމުގައި ރަޖިސްޓްރީވުމަށް ކަނޑައަޅާފައިވާ ދުވަހުގެ 11:00 އާ ހަމައަށް ބީލަމުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމުގެ އާރް.އެފް.ޕީ ރަޖިސްޓްރީވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ. އަންދާސީ ހިސާބު ހުށަހަޅަން ކަނޑައަޅާފައިވާ ވަގުތުގެ ފަހުން ހުށަހެޅޭ ބިޑުތައް ބަލައި ނުގަނެވޭނެއެވެ. އަދި ބިޑު ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައި ބިޑުތައް ހުޅުވައި، އަގުތައް އެނގޭނެ ލިޔުން ބިޑު ހުށަހެޅި ފަރާތްތަކާ ހިއްސާ ކުރެވޭނެއެވެ.

 

04 ފެބުރުވަރީ 2026
ހޯދާ