ފެލިދެއަތޮޅު ފުލިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު- ޕްރީ ސްކޫލް އެސިސްޓެންޓް ޓީޗަރ (ކޮންޓްރެކްޓް)

           މިއިދާރާއިން ހިންގަމުންގެންދާ ކިންޑަރ ގާރޓެން ޕްރީސުކޫލުގައި ކިޔަވާދޭ ގަޑިތަކުގައި ޕްރީސްކޫލް މުދައްރިސަށް އެހީތެރިވުމަށް ވޭޖް އުޞޫލުން މަސައްކަތްކުރުމަށް އެސިސްޓެންޓް ޓީޗަރެއް ބޭނުންވެއެވެ.

 

މަޤާމް:  އެސިސްޓެންޓް ޓީޗަރ

ބޭނުންވާ ޢަދަދު: 1 ( އެކެއް )

އެޓެންޑެންސް އެލަވަންސް: ޙާޟިރުވާ ކޮންމެ ދުވަހަކަށް 140/-ރުފިޔާ

އިނާޔަތް : ހަމަޖެހިފައިވާ އުޞޫލުން ރަމަޟާންމަހުގެ އިނާޔަތް ލިބޭނެ.

 

ޔުނިޓް: ކޯޕަރޭޓް އެފެއާޒް ޔުނިޓް

 

މަޤާމްގެ ޝަރުތު: 

  1. 1.      ލިޔަން ކިޔަން އެނގުމާއިއެކު، ގުރޭޑް 10 ނިންމާފައިވުން.   
  2. މަސައްކަތުގައި ހީވާގި، ސިއްހަތު ރަނގަޅުމީހެއްކަމުގައިވުން.
  3. އުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހަކު ކަމުގައިވުން.

  

މަޤާމުގެ މަސްޢޫލިއްޔަތު:

1-      ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާ ކައުންސިލްގެ ނިންމުންތައް ތަންފީޒްކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.

2-      ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.

3-       ޢިދާރާއިން ކަނޑައަޅާ ގަޑިތަކުގައި ޕްރީސްކޫލު ދަރިވަރުންނަށް ކިޔަވައިދިނުން.

4-      ޕްރީ ސްކޫލު ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކުރުން.

5-      ޚަވާލުކުރެވިފައިވާ މާއްދާ ނުވަތަ މާއްދާތައް މުޤައްރަރުގައިވާ މިންވަރަށް ދަރިވަރުންނަށް އުނގަންނައިދިނުން.

6-      ދަރިވަރުންގެ މަސައްކަތްތައް ރެގިއުލޭޓްކޮށް ޗެކްކުރުމާއި، ބިނާކުރަނިވި ފީޑްބެކްދިނުން.

7-      ދަރިވަރުންނަށް ޙާސިލްވަމުންދާ މިންވަރު ޗެކްކުރުމާއި، ރިކޯޑްކުރުމާއި، އެމަޢުލޫމާތުތައް ޙިއްސާކުރަންޖެހޭ ފަރާތްތަކާއި ހިއްސާކުރުން.

8-      ކިޔަވައިދިނުމާއި ގުޅޭގޮތުން ސްޕަވައިޒަރާއި ޚަވާލުކުރަންޖެހޭ އެންމެހާ ތަކެތި ( ސްކީމް އޮފް ވޯކް، ލެސަން ޕްލޭން، މާކްޝީޓް ) ހަމަޖެހިފައިވާ އުޞޫލާއި އެއްގޮތަށް ޚަވާލުކުރުން.

9-      އިސްލާމީ ރިވެތި އާދަތަކާއި، އަޚްލާޤީ ރިވެތި އަދަބުތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުން.

10-  ދަރިވަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ލަސްނުކޮށް ކުރުން.

11-  އުނގަންނައިދިނުމާއި ގުޅޭ މުހިއްމު މެޓީރިއަލްސް އަދި ދަރިވަރުންގެ މަސައްކަތް ކުލާހުގައި ޑިސްޕްލޭކުރުން.

12-  ދަރިވަރުންގެ ތަޢުލީމާއި، ތަރުބިއްޔަތާއި ގުޅޭގޮތުން ބެލެނިވެރީންނަށް ޤަވައިދުން މަޢުލޫމާތު ޙިއްސާކުރުން.

13-  ކައުންސިލްގެ ޢިދާރާއިން ރާވައި ކުރިއަށްގެންދާ ޓްރެއިނިންގް ޕްރޮޤްރާމްތަކާއި، ބައްދަލުވުންތަކުގައި ކައުންސިލުން އަންގައިފި ހިނދެއްގައި ޢަމަލީ ގޮތުން ބައިވެރިވުން.

14-  ޢިދާރާގެ ހިންގުމާއި ގުޅޭގޮތުން އެސް.ޖީ ޚަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

 15 ފެބުރުވަރީ 2026 ވާ އާދީއްތަ ދުވަހުގެ 12:00 ކުރިން ވ.ފުލިދޫ ކައުންސިލްގެ އިދާރާއަށް.

 

 ހުށައަޅަންޖެހޭ ލިޔެކިޔުންތައް:

1. ވަޒީފާއަށް އެދޭކަމުގެ ފޯމް ( ކައުންސިލްއިދާރާއިން ލިބެންހުންނާނެ)

2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

4. ލިބިފައިވާ ތަޖްރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ

 

  • އިންޓަވިއުއަށް އަންނައިރު ތަޢުލީމީ ސެޓްފިކެޓް، ތަޖުރިބާގެ ލިޔުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ އަސްލު ގެންނަންވާނެއެވެ.
  • ޕްރީސުކޫލު ޓީޗަރުކަމަށް ކުރިމަތިލީފަރާތްތަކުގެތެރެއިން ޓީޗަރުންހަމަޖެއްސުމުގައި ތަޢުލީމާއި ތަޖްރިބާއަށް އިސްކަންދެވޭނެއެވެ.
  • 1 (އެކެއް) އަހަރުގެ ކޮންޓްރެކްޓަކަށްފަހު ވަޒީފާގެ މަސްޢޫލިއްޔަތުތައް އަދާކުރުމުގައި ރަނގަޅުނަމަ، އިތުރު 1 (އެކެއް) އަހަރަށް ކޮންޓްރެކްޓްގެ މުއްދަތު އަލުން އިޢުލާންކުރުމެއްނެތި އާކުރެވޭނެއެވެ.

 

              މި އިއުލާނާއިގުޅިގެން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ ނަމްބަރ: 6700603 ފޯނާއި ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.  

              ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި  އިއުލާނުކުރީމެވެ.

04 ފެބުރުވަރީ 2026
ހޯދާ