ދިވެހިރާއްޖެ
މިހިނގާ 1447 ވަނަ އަހަރުގެ ރަމަޟާން މަހު ގދ.ފިޔޯރީގައި ބޭއްވުމަށް ނިންމާފައިވާ ޤުރުއާން މުބާރާތް ކުރިޔަށް ގެންގޮސްދޭނެ ޖަމިއްޔާއެއް ބޭނުންވެއެޖެއެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ޖަމިއްޔާތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަން 10 ފެބްރުއަރީ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމުގައި އޮންނާނެއެވެ. މި މައުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލް ބަލައި ނުގަނެވޭނެއެވެ. މި އިދާރާއި ގުޅިގެން މިމުބާރާތް ހިންގާނެ ގޮތުގެ ޕްރޮޕޯސަލް، 12 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން ޕްރްޕޯސަލް ހުށައެޅުމަށް ދަންނަވަމެވެ.
އިތުރު މަޢުލޫމާތު
ގދ. ފިޔޯރީ ކައުންސިލުގެ އިދާރާ
ފޯން: 4002625
އީމެއިލް: [email protected]
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
