ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އދ. ދަނގެތި ސްކޫލުގެ މިހާރު ހުރި އިމާރާތް ތަޅާލައި، ބިން ސާފުކުރުމާއި، މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ވަގުތީގޮތުން ފެންސުޖަހައި ބަންދުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

އދ. ދަނގެތި ސްކޫލުގެ މިހާރު ހުރި އިމާރާތް ތަޅާލައި، ބިން ސާފުކުރުމާއި، މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ވަގުތީގޮތުން ފެންސުޖަހައި ބަންދުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި ކޯޕަރޭޝަނުންދޭ މަޢުލޫމާތާއި އެއްގޮތަށް، އދ. ދަނގެތި ސްކޫލުގެ މިހާރު ހުރި އިމާރާތް ތަޅާލައި، ބިން ސާފުކުރުމާއި، މަސައްކަތް ކުރިއަށްދާ ސަރަހައްދުގައި ވަގުތީގޮތުން ފެންސުޖަހައި ބަންދުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ އަމިއްލަ ފަރުދުންގެ ވިޔަފާރި، ޕާޓްނަރޝިޕް، ކޯޕަރޭޓިވް ސޮސައިޓީ ނުވަތަ ކުންފުނިތަކުން 08 ފެބްރުއަރީ 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުމަށް [email protected] އަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ މި ކޯޕަރޭޝަނުގެ މައި އޮފީސް ( ފަހި ދިރިއުޅުން ކޯޕަރޭޝަން، ހ. ފަތަނގުމާގެ، 2 ވަނަ ފަންގިފިލާ، ކ. މާލެ )އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް، މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުއްވުމާ ގުޅޭ:

  • އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީ ހިސާބެކެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ.
  • އަންދާސީ ހިސާބު ހުށަހަޅަންވާނީ ދީފައިވާ މައުލޫމާތާއި  (ޓީ.އޯ.އާރ) އެއްގޮތަށް، ހުރިހާ މަސައްކަތަކަށްވާ އަގު ހިމަނައިގެންނެވެ. 
  • މަޢުލޫމާތު ފުރިހަމަ ނޫން އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މިކޯޕަރޭޝަނަށް ލިބިގެންވެއެވެ.
  • ސައިޓް ބެލުމުގެ ކަންތައް، 08 ފެބްރުއަރީ 2026 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން، މި ކޯޕަރޭޝަނުގެ ނަންބަރު 3313244 އަށް ގުޅުއްވުމުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން ހަމަޖެހޭނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި:

  • އަންދާސީ ހިސާބު ނުވަތަ މަސައްކަތްކޮށްދޭނެ އަގު (އަގު ހުށަހަޅަންވާނީ އެތަނުން ނަގާ ކުނި އުކާލުމާއި އެކުގައެވެ.)
  • ވިޔަފާރި ރަޖިސްޓްރީ ކޮޕީ / ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
  • ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
  • ވޭތުވެދިޔަ 03 އަހަރު ތެރޭގައި މިބާވަތުގެ މަސައްކަތެއް ކޮށްފައިވާކަމުގެ 01 ލިޔުން (މަސައްކަތް ކުރުވި ފަރާތުން ދީފައިވާ)

މި އިއުލާނާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، ރަސްމީ ދުވަސްދުވަހު 09:00 – 14:00 ދެމެދު 9151716 އަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

04 ފެބުރުވަރީ 2026
ހޯދާ