މާލެއަތޮޅު ކާށިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު - މުންނާރުގައި ކުލަލުން

މިރަށުގެ 3 މިސްކިތުގެ މުންނާރުގައި ކުލަލާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

       ވީމާ، ކުލަ ދިނުމުން މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 9 ފެބްރުއަރީ 2026 ވާ ހޯމަ ދުވަހުގެ 11:00 އަށް ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ކޯޓޭޝަންގައި މި މަސައްކަތްކޮށްދެވޭނެ އަގާއި، މުއްދަތު ހިމަނަންވާނެއެވެ. ކޯޓޭޝަން ހުށަހަޅާނީ ކޮންމެ މިސްކިތަކަށް ވަކި ކޯޓޭޝަނެކެވެ. ގަޑިޖެހުމަށްފަހު ހުށައަޅުއްވާ ކޯޓޭޝަންތަކާއި، މައުލޫމާތު ފުރިހަމަނުވާ ކޯޓޭޝަންތައް ބަލައި ނުގަނެވޭނެއެވެ.

މުންނާރުގައި ކުލަލުމަށް ހަމަޖެހިފައިވާ މިސްކިތްތަކަކީ

  1. މަސްޖިދުލް ތައުހީދު
  2. މަސްޖިދުލް ޒިކުރާ
  3. މަސްޖިދުލް ޢަމްރުބުނުޢާޞް

 

މިމަސައްކަތަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް:

އަގަށް    90 ޕޮއިންޓް

މުއްދަތަށް  10 ޕޮއިންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

އަންދާސީ ހިސާބުފޯމު

ވިޔަފާރި ރެޖިސްޓްރީ ( ބިޒްނަސް ޕޯޓަލްއިން ޖެނެރޭޓްކޮށްފައި)

 

އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ 7798119 އާއި ގުޅުންވުންއެދެމެވެ.

03 ފެބުރުވަރީ 2026
ހޯދާ