ދިވެހިރާއްޖެ
މިއިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް މިކައުންސިލްގެ ލޯންޗާއި، ކުޑަޕިކަޕަށް ބޭނުންވާ ޕެޓްރޯލް އާއި ކުނިމެނޭޖްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ބޮޑު ޕިކަޕް އަދި ޓްރެކްޓަރަށް ބޭނުންވާ ޑީސަލް އަޅައިދޭނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު: (IUL)302-CO/302/2026/5 (15 ޖެނުއަރީ 2026) އިޢުލާނާއި ގުޅިގެން ހުށަހަޅުއްވާފައިވާ އަގު ބޮޑުކަމަށް ފެންނާތީ އެ ފުރުޞަތު ދެވަނަ ފަހަރަށް ހުޅުވާލަމެވެ.
ބީލަމުގައި ރެޖިސްޓަރ ވުމުގެ ސުންގަޑި : 08 ފެބްރުއަރީ 2026 ވާ އާދީއްތަ ދުވަހުގެ 14:00
ޕްރޮޕޯސަލް ހުށަހެޅުން: 12 ފެބްރުއަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00
މިމަސައްކަތަށް އެދި ކުރިމަތިލައްވާ ފަރާތަކީ އަމިއްލަ ފަރުދުންގެ ވިޔަފާރި، ކުންފުންޏެއް ނުވަތަ ކޯޕަރޭޓިވްއެއް ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށް ވާންވާނެއެވެ. މިމަސައްކަތަށް އެދި ހުށަހަޅާ ޕްރޮޕޯސަލް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ރ. ހުޅުދުއްފާރު ކައުންސިލްގެ ލޯންޗާއި ވެހިކަލްތަކަށްބޭނުންވާ ތެޔޮސަޕްލައި ކޮށްދިނުމަށްއެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ. މީގެ އިތުރުން ޕްރޮޕޯސަލް ހުށަހަޅާފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަންބަރ ސިޓީ އުރައިގެ ބޭރުގައި އޮންނަންވާނެއެވެ.
ބީލަމުގައި ރެޖިސްޓަރވުމަށް މި އިޢުލާނާއި އެޓޭޗްކުރެވިފައިވާ ރެޖިސްޓްރޭޝަން ފޯމު ފުރުމަށްފަހު [email protected] އަށް ސުންގަޑި ހަމަވުމުގެ ކުރިން ފޮނުވަންވާނެއެވެ. ބީލަމުގައި ރެޖިސްޓަރ ނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެއް ނޭޅޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މިއިދާރާގެ 6580069 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.
