މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ފެބުރުއަރީ 13 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އާއްމު ބައްދަލުވުމުގެ ދަޢުވަތު

ނަންބަރު: (IUL)303-CA/303/2026/7

އިޢުލާން

2026 ފެބުރުއަރީ 13 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ އާއްމު ބައްދަލުވުމުގެ ދަޢުވަތު

          2025 ވަނަ އަހަރު މިކައުންސިލުން ހިންގާފައިވާ ހަރަކާތްތަކާއި، އުނގޫފާރު ރައްޔިތުންގެ ނަމުގައި ހިންގަމުންދާ ވިޔަފާރިތަކުގެ 2025 ވަނަ އަހަރުގެ ރިޕޯޓްތައް ހުށަހެޅުމަށްޓަކައި ބާއްވާ ބައްދަލުވުން 2026 ފެބުރުވަރީ 13 ވާ ހުކުރު ދުވަހުގެ ރޭ 20:30 ގައި އުނގޫފާރު ސުކޫލް މަލްޓި ޕާޕަސް ހޯލުގައި އޮންނާނެވެ.

މިބައްދަލުވުމުގައި ތިރީގައި މިދަންނަވާ މަޢުލޫމާތު ދިނުން ކުރިއަށް ދާނެއެވެ.

  • އުނގޫފާރު ކައުންސިލްގެ 2025 ވަނަ އަހަރުގެ ހިންގުނު ހަރަކާތްތައް
  • އުނގޫފާރު ރައްޔިތުންގެ މާލިއްޔަތުން 2025 ވަނަ އަހަރު ކޮށްފައިވާ ހަރަދުތަކާއި ލިބުނު އާމްދަނީގެ ރިޕޯޓް ހުށަހެޅުން.

           ވީމާ، މިބައްދަލުވުމުގައި ބައިވެރިވެދެއްވުމަށް އެދި އުނގޫފާރުގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

03 ފެބުރުވަރީ 2026
ހޯދާ