ދިވެހިރާއްޖެ
އިޢުލާން
އެކަމަޑޭޝަން ބްލޮކްގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދުން
މި އިދާރާއިން ދޭ ކުރެހުމާއި މައުލޫމާތާއި އެއްގޮތަށް ކައުންސިލްގެ އެކަމަޑޭޝަން ބްލޮކްގެ ވަށާފާރު އަމިއްލަ ތަކެތީގައި ރާނައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މި މަސައްކަތްކުރުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރ: 2024/19) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ:2024/18) ގެ ދަށުން ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ބިޑް ރަޖިސްޓްރޭޝަން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 10 ފެބުރުވަރީ 2026 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި ކައުންސިލްގެ މެއިލް [email protected] އަށް ނުވަތަ މިއިދާރާގެ ކައުންޓަރުން ފޯމްނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. މި އިއުލާނާއި އެކު މަޢުލޫމާތު ޝީޓް އަދި ބިޑް ރަޖިސްޓްރޭޝަން ފޯމް އެއްކަރުދާސް ކުރެވިފައިވާ ކަމުގައި ދަންނަވަމެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 16 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ 13:00 ގައި މ.މުލީ ކައުންސިލްގެ އިދާރާގައެވެ. ރަޖިސްޓްރޭޝަން ފޯމް ހުށަނާޅާ ފަރާތްތަކާއި، އަންދާސީ ހިސާބު ހުށަހެޅުމަށް ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. މިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން އިދާރާގެ ނަމްބަރ 6720508 އަށް ގުޅުއްވުން އެދެމެވެ.
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް
- ހުށަހަޅާ އަގަށް: %70 (ހަތްދިހަ އިންސައްތަ) (ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
- މުއްދަތަށް: %20 (ވިހި އިންސައްތަ) (ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
- ތަޖުރިބާ: (ދިހައެއް އިންސައްތަ) (ތަޖުރިބާއަށް ޕޮއިންޓް ދޭނީ މި ބާވަތުގެ، ޢިމާރާތްކުރުމުގެ މަސައްކަތްތަކަށް، މަސައްކަތް ޙަވާލުކުރި ފަރާތްތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ތެރެއިން، އެފަރާތަކުން 1 ޖަނަވަރީ 2021 އިން ފެށިގެން ބީލަން ހުށަހެޅުމާއި ހަމައަށް ފުރިހަމަކޮށްފައިވާ ލިޔެކިޔުމަށް ބަލައިގެން)
ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
