ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނައަހަރު ރަމަޟާންމަހު ތަރާވީޙްނަމާދު ކުރުމަށް ގެންނަ ޙާފިޡުން ހުރުމާއި ކެއުމާއި، ދޮވެއިސްތިރިކޮށްދޭނެ ފަރާތެއްހޯދުން

އިޢްލާން

1447 ވަނައަހަރު ރަމަޟާންމަހު ތަރާވީޙްނަމާދު ކުރުމަށް ގެންނަ ޙާފިޡުން ހުރުމާއި ކެއުމާއި، ދޮވެއިސްތިރިކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ

މިހިނގާ 1447 ވަނައަހަރުގެ ރަމަޟާންމަހު ހިފްޘުކޮށް ތަރާވީޙް ނަމާދުކުރުމަށް  ގެނައުމަށް ހަމަޖެހިފައިވާ ދެ ޙާފިޡުންގެ ހުރުމާއި، ކެއުމާއި، އަދި އެފަރާތްތަކުގެ އަންނައުނު ދޮވެ، އިސްތިރި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަން ހިލޭސާބަހަށް ކޮށްދޭން ބޭނުންވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ ނަންނޯޓް ކުރެއްވުން އެދެމެވެ. އަދި މިކަން އަގަށް ކޮށްދޭން ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2026 ފެބުރުއަރީ 08 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާފޯމާއި މަޢުލޫމާތު ކަރުދާސް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު:

-          މި އިޢްލާނާ ގުޅިގެން އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

-          ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.

-          ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

-          ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

-          މަސައްކަތް ޙަވާލު ކުރެވޭނީ އަންދާސީ ހިސާބުތައް އިވެލުއޭޓް ކުރުމަށްފަހު އެންމެމަތީ މާކުސް ލިބޭފަރާތަކަށެވެ. ލިބޭމާކުސް އެއްވަރު ވެއްޖެނަމަ މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވާނީ އެއްވަރުވާ ފަރާތްތަކުގެ މެދުގައި ޤުރުއަތު ލައިގެންނެވެ.

-          މި އިޢްލާނާއި މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައި ނެތްކަމެއް ދިމާވެއްޖެނަމަ އެކަމެއް ނިންމާނީ މިކައުންސިލާއި  މަސައްކަތާއި ހަވާލުވާ ފަރާތާއި ދެމެދު ވާހަކަ ދައްކައިގެން އެއްބަސްވެވޭ ގޮތަކަށެވެ.

 މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް:

ތަފްޞީލް

އިންސައްތަ

ހުށަހަޅާފައިވާ އަގަށް(މާކުސް ދެވޭނީ ހުށަހަޅާފައިވާ އެންމެ ކުޑައަގަކީ ބެންޗުމާކު ކަމުގައި ބަލައިގެން ކުރައިޓީރިއާ ހަމަޖައްސާފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.)

80%

އެއްފަރާތަކުން (ހުރުމާއި، ކެއުމާއި، އަދި އެފަރާތްތަކުގެ އަންނައުނުދޮވެ އިސްތިރިކޮށްދޭނަމަ)

10%

ތަޖުރިބާ (ތަޖުރިބާ ބަލާނީ މީގެކުރިން މިފަދަ މަސައްކަތްކޮށް ގިނަލިޔުން ހުށަހަޅާފައިވާ ފަރާތަކީ ބެންޗުމާކު ކަމުގައި ބަލައިގެން)

10%

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

02 ފެބުރުވަރީ 2026
ހޯދާ