ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރު ރަމަޟާން މަހު ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ އިމާމު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން (ދެވަނަ އިއުލާން)

1447 އަހަރުގެ ރަމަޟާން މަހު ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ އިމާމު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް  ބޭނުންވެ، މި ކައުންސިލުން ކުރެވުނު އިއުލާން ނަންބަރ (IUL)259/2026/09 ވަނަ އިއުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ކައުންސިލުން ނިންމާފައިވާތީވެ، ދެވަނަ ފަހަރަށް އިއުލާން ކުރަމެވެ.

އެގޮތުން، އިމާމު ރަށަށް ވަޑައިގަންނަވާ ތާރީޙުން ފެށިގެން ރަށުގައި ހުންނަވާ މުއްދަތުގައި ހުރުމާއި، ފަރިއްކޮޅާއި ދޮވެ އިސްތިރިކުރުންފަދަ އެންމެހާ ޙިދުމަތްތައް ފޯރުކޮށްދޭންވާނެއެވެ.

ވީމާ މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 10:00 އަށް މި އިދާރާއަށް ދުރުވެ އިއުލާނާއިއެކު އެއްކަރުދާސްކޮށްފައިވާ ފޯމުން އަގުހުށަހެޅުއްވުމަށް ދަންނަވަމެވެ.

03 ފެބުރުވަރީ 2026
ހޯދާ