ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 107 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންނަށް މާއުލޫމާތު ދިނުމުގެ ބައްދަލުވުން 2026 ފެބުރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ ރޭ 20:30 ގައި ކިހާދޫ ސްކޫލް ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަލްފާޟިލް މަޢުރޫފް ޒާކިރު ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވާ ރައްޔިތުންގެ ތެރެއިން 1 ފަރާތަކަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރގެ ފަރާތުން ދެއްވާ އުމުރާ ދަތުރު ލިބިގެން ދާނެއެވެ.
- 2025 ވަނަ އަހަރުގެ ކައުންސިލް ހިނގާދިޔަ ގޮތުގެ ރިޕޯޓު ހުށަހެޅުން.
- ކައުންސިލުން 2026 ވަނަ އަހަރު ކުރިޔަށް ގެންދިއުމަށް ރޭވިފައިވާ ހަރަކާތްތަކާއި ބެހޭ މައުލޫމާތު ޙިއްސާކުރުން.
- ކައުންސިލްގެ ފަރާތުން ވާހަކަ ދެއްކުން.
- އ.ތ.މ ކޮމިޓީގެ ފަރާތުން ވާހަކަ ދެއްކުން.
- ކެންދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ އިއްޒަތްތެރި މެންބަރ އަލްފާޟިލް މަޢުރޫފް ޒާކިރު ވާހަކަފުޅު ދެއްކެވުން.
- ރައްޔިތުންގެ ސުވާލުތަކަށް ފުރުސަތު ހުޅުވާލުން.
- ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރ އަލްފާޟިލް މަޢުރޫފް ޒާކިރްގެ ފަރާތުން ޖަލްސާގައި ބައިވެރިވާ ރައްޔިތުންގެ ތެރެއިން 1 ފަރާތަކަށް ދެއްވާ އުމުރާ ދަތުރުގެ ގުރުޢަތު ނެގުން.
ވީމާ، އެންމެހާ ރައްޔިތުންނަށް މި ބައްދަލުވުމުގައި ބައިވެރިވުމަށް ދައުވަތު އަރުވަމެވެ. އަދި 2025 ވަނަ އަހަރު ކައުންސިލް ހިނގާދިޔަގޮތުގެ ރިޕޯޓް އާންމުކޮށް ފެންނާނެހެން ކައުންސިލްގެ ކޮމިއުނިޓީ ވައިބަރ ގްރޫޕްގައި އަދި ދިވެހި ސަރުކާރުގެ ގެޒެޓުގައި އާއްމު ކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.