ހުވަދުއަތޮޅު ދެކުނުބުރީ ފިޔޯރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު ތަރާވީޙް ނަމާދު އިމާމުވެ ކުރުމަށް ގެނައުމަށް ހަމަޖެހިފައިވާ ޙާފިޠުގެ ހުރުމާއި ކެއުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

                މިހިނގާ 1447  ވަނަ އަހަރުގެ ރަމަޟާން މަހު ތަރާވީޙް ނަމާދު ކުރުމަށް ވަޑައިގަންނަވާ ޙާފިޠުގެ ހުރުމާއި ކެއިންބުއިމުގެ އެންމެހައި އިންތިޒާމުތައް، މި އިދާރާގެ މަޢުލޫމާތު ކަރުދާހުގައިވާ ތަފްސީލާ އެއްގޮތަށް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މީގެ ތެރޭގައި އެޓޭޗްޑް ފާޚާނާއާއެކު ކޮޓަރި ހަމަޖެއްސުމާއި، ކެއިންބުއިމުގެ އިތުރުން ފޭރާން ދޮވެ އިސްތިރިކޮށްދިނުމުގެ ޚިދުމަތް ހިމެނެއެވެ.

                 ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ހުށަހަޅުއްވާ ސިޓީއާއެކު ފޯރުކޮށްދެވޭނެ އިންތިޒާމުތަކާއި ޖުމްލަ އަގު އެނގޭނޭހެން، 11 ފެބުރުވަރީ 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ނުވަތަ އިދާރާގެ ރަސްމީ އީމެއިލް [email protected] އަށް ފޮނުއްވައިދެއްވުން އެދެމެވެ.

                       މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.  

03 ފެބުރުވަރީ 2026
ހޯދާ