ދިވެހިރާއްޖެ
މި ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ކުރީގެ ފުޓްސަލް ދަނޑު މަރާމާތު ކުރުމަށް ބޭނުންވާތީ ތިރީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
|
# |
މަސައްކަތް |
ކައުންސިލުން ފޯރުކޮށްދޭ ތަކެތީގެ ތަފްޞީލް |
މަސައްކަތަށް ކުރިމަތިލާ ފަރާތުން ހޯދަންޖެހޭ ތަކެތީގެ ތަފްޞީލް |
|
1 |
ފުޓްސަލް ދަނޑުގެ ވަށާ ފެންސް ޖެހުން (336 އަކަފޫޓު) |
ފެންސް ދާ |
92 ހޮޅި |
|
2 |
ފުޓްސަލް ދަނޑުގެ ގްރައުންޑް ލެވެލްކޮށް ކާޕެޓް އެޅުން |
މިހާރު ދަނޑުގައި އަޅާފައިވާ ކާޕެޓް |
- |
|
3 |
ވޮލީ ކޯޓް ސެޓަޕް ހެދުން |
ވޮލީ ކޯޓް ސެޓަޕް |
|
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ފެބުރުއަރީ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ބިޑް ރަޖިސްޓްރޭޝަން ފޯމު ފުރުއްވާ މި އިދާރާގެ މެއިލް [email protected] އަށް ނުވަތަ މި އިދާރާގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. ބިޑް ބަލައިގަތުން އޮންނާނީ 15 ފެބުރުއަރީ 2026 ވާ އާދިއްތަ ދުވަހު މެންދުރު 13:00 ގައި މާކުރަތު ކައުންސިލް އިދާރާގެ މީޓިންގް ރޫމުގައެވެ. ބިޑް ރަޖިސްޓްރޭޝަން ފޯމް މިއިލާނާއެކު ގެޒެޓުން އަދި ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި މިމަސައްކަތަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނުނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި
ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6584030 ފޯނަށް ގުޅުއްވާ ނުވަތަ މި އިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ސާފުކުރެއްވުން އެދެމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
