ދިވެހިރާއްޖެ
އިޢުލާން
1447 ވަނަ އަހަރުގެ ރަމަޟާން މަހު ތަރާވީޙް ނަމާދު ކުރުމަށް ގެނައުމަށް ހަމަޖެހިފައިވާ ޙާފިޒުންގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމާބެހޭ
މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް ތަރާވީޙް ނަމާދު ކުރުމަށް ގެނައުމަށް ހަމަޖެހިފައިވާ ހާފިޒްގެ ހުރުމާއި ކެއުން ހަމަޖައްސައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކުގައިވާ" އަންދާސީ ހިސާބު ހުށަހަޅާ ފޯމް " ފުރިހަމަ ކުރުމަށްފަހު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއެކު މަސައްކަތުގެ މަޢުލޫމާތު ކަރުދާހާއި، އަންދާސީ ހިސާބު ހުށަހަޅާ ފޯމް ޢާއްމު ކުރީމެވެ.
އަންދާސީ ހިސާބު ހުށަހެޅުމާއި ހުޅުވުން އޮންނާނީ 2026 ފެބްރުއަރީ 11 ވާ ބުދަ ދުވަހުގެ 13:00 ގައި މިއިދާރާގައެވެ. ބިޑް/ އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ އަދި ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާކޮށްފައިވާ ސިޓީ އަކާއެކު، ބަދަލުގައި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ.
ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
