ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު
|
އިޢުލާން ނަމްބަރ:13137-IU/PR/2026/ |
ޕްރޮޖެކްޓް ނަމްބަރ: 137-PR/2026/G-06 |
|
ޕްރޮޖެކްޓްގެ ނަން: އައި.ޖީ.އެމް ހޮސްޕިޓަލްއަށް ކެމެރާ އަދި އެކެމެރާގެ އެކްސަރސަރީސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން. |
|
އައި.ޖީ.އެމް ހޮސްޕިޓަލްއަށް ކެމެރާ އަދި އެކެމެރާގެ އެކްސަރސަރީސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިއިޢުލާނާއެކު އެއްކަރުދާސްކޮށްފައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް މިތަކެތި ސަޕްލައިކުރުމަށް ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު މިކަމަކަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުން ސަމާލުކަން ދޭންވީ ކަންތައްތައް
- ކޯޓޭޝަން ހުށަހަޅަންވާނީ ދީފައިވާ މަސައްކަތްތަކާއި އެއްގޮތަށް، ޖީއެސްޓީ ހިމަނައިގެންނެވެ.
- ކޯޓޭޝަން ހުށަހެޅުމުގައި މި ކަރުދާހާއެކު އެއްކަރުދާސްކުރެވިފައިވާ ސްޕެސިފިކޭޝަން ޝީޓްގައިވާ ތަކެއްޗަށް އަގު ހުށަހެޅުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ހުރިހާ އައިޓަމް އަކަށް އަގު ހުށަހަޅަންވާނެއެވެ. އިވެލުއޭޓްކުރާނީ މުޅި ޕްރޮޖެކްޓް އެއްކޮންނެވެ.
- ސަޕްލައިކުރުމަށް ހުށަހަޅާ ތަކެއްޗަކީ އައު އިކުއިޕްމެންޓެއްކަން އިގޭނެ މެނުފެކްޗަރގެ ލިޔުމެއް ހުށަހަޅަންވާނެއެވެ. އަދި ސަޕްލައިކުރުމަށް ހުށަހަޅާ ތަކެއްޗަށް ސްޓޭންޑަރޑް ވޮރެންޓީ ދޭންވާނެއެވެ.
- ކޯޓޭޝަން ހުށަހަޅާއިރު ސަޕްލައިކުރާ އައިޓަމްގެ މައުލޫމާތު (ޓެކްނިކަލް ސްޕެސިފިކޭޝަން ޝީޓު) ހުށަހަޅަންވާނެއެވެ.
- މުދާ ސަޕްލައިކުރެވޭނެ މުއްދަތު ކޯޓޭޝަންގައި ބަޔާންކުރަންވާނެއެވެ.
- މިގޮތަށް އަގުހުށަނާޅާ ފަރާތްތަކުގެ ބިޑު ބާތިލް ކުރުމުގެ އިހްތިޔާރު މި މުއައްސަސާއަށް ލިބިގެންވެއެވެ.
ހުށަހަޅަންޖެހޭ ތަކެތި
- އަންދާސީ ހިސާބު / މަސައްކަތްކޮށްދޭނެ އަގު، ޖީއެސްޓީ ހިމަނައިގެން. (ލިސްޓްގައި ހިމެނިފައިވާ ކޮންމެ އައިޓަމަކަށް ވަކި އަގު ފެންނަން އޮންނަންވާނެއެވެ)
- ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ/ ވަކި ފަރުދެއްނަމަ، އައިޑީ ކާޑުގެ ދެފުށުގެ ކޮޕީ
- ޖީ އެސް ޓީ ރަޖިސްޓްރޭޝަން ކޮޕީ (ރަޖިސްޓްރީ ކޮށްފައިވާނަމަ)
- މިބީލަމަށް ހުށަހަޅާ ޕްރޮޕޯސަލް/ ކޯޓޭޝަންގެ ސޮފްޓްކޮޕީ ޕެންޑްރައިވް ގައި ހުށަހަޅަންވާނެއެވެ.
އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފްސީލު
- އަގު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ ކުޑަ އަގެއް ހުށަހަޅާފަރާތްތަކަށް ފުލް މާކްސް ލިބޭގޮތައް ޕްރޯރާޓާ އުސޫލުން.
# |
ކެޓެގަރީ |
މާރކްސް |
މާރކްސް ދެވޭ އުސޫލު |
|
1 |
އަގު |
100 |
އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް |
އަންދާސީ ހިސާބު ހުށަހަޅާނެގޮތް
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް/ އައި.ޖީ.އެމް ހޮސްޕިޓަލް
އައި.ޖީ.އެމް ހޮސްޕިޓަލްއަށް ކެމެރާ އަދި އެކެމެރާގެ އެކްސަރސަރީސް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ އިއުލާނުކަމާއި އަދި އިއުލާން ނަންބަރު ޖަހާފައި އޮންނަން ވާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން
- އަންދާސީ ހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 11 ފެބްރުއަރީ 2026 ވަނަ ދުވަހުގެ 11:00 ގައި އައި.ޖީ.އެމް ހޮސްޕިޓަލުގެ ޕްރޮކިއުމަންޓް ޑިޕާރޓްމެންޓްގެ އެންތޫރިއަމް މީޓިންގ ހޯލްގައެވެ. އަދި އަންދާސީ ހިސާބު ހުޅުވާނީ ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
- ބިޑް ހުށަހަޅުއްވަން ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
ބީލަން ބާތިލް ކުރެވިދާނެ ގޮތްތައް
1- ހުށަހަޅާފައިވާ މައުލޫމާތުގައި ހަގީގަތާއި ހިލާފް މަޢުލޫމާތު ހިމަނައިފައިވުން
2- މަޢުލޫމާތު ފުރިހަމަނުވުން (މަސައްކަތުގެ ރިކުއަޔަރމަންޓަށް ނުފެތޭ ނުވަތަ ސްޕެސިފިކޭޝަން ފުރިހަމަނުވުން)
3- ޚިދުމަތްދޭފަރާތާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރިގެ އެއްވެސް ގުޅުމެއް، މިތަނުގެ ވެރިޔަކާ އޮވެ އެކަމުގެ ސާފު މައުލޫމާތު ހުށަހަޅައިފައިނުވުން.
ނޯޓު:
- މިއިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތ ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް
އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،
ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ
ފޯނު: +960 3335349 ، +960 3335254
އީމެއިލް [email protected]
