ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ ތަކެތީގެ ނީލަންކިޔުން 09 ފެބުރުވަރީ 2026 ވާހޯމަ ދުވަހުގެ 10:00 ގައި ކައުންސިލް އިދާރާގެ ދެކުނުފަރާތު ގޯތިތެރޭގައި އޮންނާނެއެވެ. މިތަކެތި ނީލަމުން ނަންގަވާ ފަރާތްތަކުން 02 ދަވަހުގެތެރޭ ގައި ކައުންސިލް އިދާރާގެ ގޯތިތެރޭން ނެރެ ތަންސާފު ކުރައްވަން ވާނެއެވެ. ތަކެތި ނީލަމުން ނަންގަވާ ފަރާތުން ވަގުތުން އަގުއަދާ ކުރައްވަން ވާނެއެވެ. ނީލަމުން ނަންގަވާ ތަކެތި މުއްދަތުގައި ނުގެންދަވާނަމަ ހަމަޖެހިފައިވާ އުޞޫލުން ނައްތާލެވޭނެއެވެ. މިނީލަމުގައި ވާހާގިނަ ފަރާތް ތަކަކުން ބައިވެރިވެ ދެއްވުމަކީ މިކައުންސިލް އިދާރާގެ ވަރައްބޮޑު އެދުމެކެވެ.
ނީލަންކިޔާ ތަކެތި
06 އޭސީ ( މަސްޖިދުލް ޢަމަލުމިސްކިތުން ނެގި )
02 އެގްޒެކެޓިވް ޗެއަރ ( ކައުންސިލް އިދާރާއިން ނެގި )
02 ލަކުޑި ދޮރުފަތް ދޮރާއިއެކު ( ޗޭންޖިންގ ރޫމުން ނެގި )
04 ލަކުޑި ފެންލައިޓް ފަޅި ( ޗޭންޖިން ރޫމުން ނެގި )
02 ލަކުޑި ބޮޑު ދޮރު ( މަސްޖިދުއް ޞަލާޙް މިސްކިތުން ނެގި )
19 މަގުބައްތި ލައިޓް ހަލާކުވެފައި.
01 ފެން ކޫލަރު ( މަސްޖިދުލް ޢަމަލު މިސްކިތުން ނެގި )
02 ދުޢާ ބޯޑު ( މަސްޖިދުލް ޢަމަލު މިސްކިތުން ނެގި )
02 ފުޅި ކޫލަރ ( މަސްޖިދުލް ޢަމަލު މިސްކިތުން ނެގި )
01 މައިކު ސްޓޭންޑް ( މަސްޖިދުލް ޢަމަލު މިސްކިތުން ނެގި )
01 ޕަންޕް ( މަސްޖިދުލް ޢަމަލު މިސްކިތުން ނެގި )
01 ބޭސްޖަހާ ޕަންޕު ( މަސްޖިދުލް ޢަމަލު މިސްކިތުން ނެގި )
ވީމާ، މިކަން އާންމުކޮށް އެންގުމަށް ޓަކައި އިޢުލާން ކުރީމެވެ.
