ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަރުކާރުން ހަދިޔާކުރައްވާފައިވާ ރޯދަ ހަދިޔާ ބެހުމާއި ގުޅޭ

          1447 ވަނަ އަހަރުގެ ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދިވެހިރައްޔިތުންނަށް ބެހުމަށް ފޮނުވާފައިވާ މަސްދަޅު ކޭސް ކުޅުދުއްފުއްޓަށް ވަނީ ލިބިފައެވެ. މި މަސްދަޅު ކޭސްތައް ކުޅުދުއްފުށީގެ ގެތަކަށް ބެހުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، 03 ފެބުރުއަރީ 2026 ވަނަ ދުވަހުން ފެށިގެންނެއެވެ.

          މަސްދަޅު ކޭސް ބެހުމުގެ މަސައްކަތް ކުރިއަށްދާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 08:00 އިން ހަވީރު 18:00 އާ ހަމައަށް، ވަކި ސަރަހައްދުތަކަކަށް ބަހާލައިގެންނެއެވެ. އެދުވަހަކު މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކާއި ގަޑިތަކުގެ މަޢުލޫމާތު މިއިދާރާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ކުރިއާލާ ހިއްސާކުރެވޭނެއެވެ.

         ކުޅުދުއްފުށީގައި މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ކަރަންޓް މީޓަރ އިން ވަކިވެފައިވާ ކޮންމެ ގޭބީސީއެއްގެ ކަރަންޓް މީޓަރ އަށް ބަލައިގެންނެއެވެ.

          މަސްދަޅު ކޭސް ގޭބިސީތަކަށް ބެހުމަށް ހަމަޖެހިފައިވާ ގަޑިތަކުގައި މަސްދަޅު ކޭހާއި އާއި ޙަވާލުވާ ފަރާތް، އައިޑީ ކާޑު ހިއްޕަވައިގެން ހުންނެވުން އެދެމެވެ.     

02 ފެބުރުވަރީ 2026
ހޯދާ