ދިވެހިރާއްޖެ
ޑެންގީ ފެތުރުން ކޮންޓްރޯލްކުރުމަށް 7 ދުވަސް ވަންދެން ފޮގް ޖެހުމާއި ބެހޭ
މި ދުވަސްވަރު ޑެންގީ ހުން ފެތުރުން ގިނަވަމުންދާތީއާއި، އަދި ޑެންގީ ހުން އިތުރުވުމުގެ ފުރުސަތު އޮތުމުން އެކަމުން ރައްކާތެރިވުމުގެ ގޮތުން މަދިރީގެ ޒަރިއްޔާއިން ބަލި ފެތުރުނަ ނުދީ އެފަދަ ބަލިތައް ކޮންޓްރޯލްކުރުމުގެ ގޮތުން މާދަމާ 2026 ފެބްރުއަރީ 03 ވާ އަންގާރަ ދުވަހުގެ ދުވަހުގެ ފަތިހު 5:30 އިން ފެށިގެން 7 (ހަތެއް) ދުވަސް ވަންދެން ކޮންމެ ދުވަހަކު ފަތިހު 5:30 އިން 6:30 އަށް، އަދި ހަވީރު 5:30 އިން އިރުއޮއްސި 6:30 އަށް ރަށުގެ އެކި ސަރަޙައްދުތަކުގައި ފޮގްކުރުމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.
ވީމާ، މި ދެންނެވި ވަގުތުތަކުގައި ބޭރުތެރޭ ނޫޅުމަށާއި، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށް ޚާއްސަ ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރަމެވެ.
މިހެންވެ މިކަން އާންމުކޮށް އިޢުލާނުކޮށް އެންގީމެވެ.
