ދިވެހިރާއްޖެ
|
އިޢުލާން |
ނަންބަރ: |
(IUL)421/ESMSED/421/2026/03 |
|
ތާރީޚް |
14 ޝަޢުބާން 1447 |
|
|
02 ފެބުރުވަރީ 2026 |
ކައުންސިލް އިދާރާއަށް ބޭނުންވާ ބައެއް ތަކެތި ގަތުން
މިކައުންސިލްގެ އިދާރާގެ އެކިއެކި ބޭނުންތަކަށް ބޭނުންވާ ބައެއްތަކެތި ގަނެ، މިއިދާރާއަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ،މިދެންނެވި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ފެބުރުވަރީ 2026 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ކޯޓޭޝަން އީމެއިލް ކުރެއްވުމަށް ދެންނެވީމެވެ. ހުށަހަޅާ ކޯޓޭޝަނާއެކު ވިޔަފާރި ރެޖިސްޓްރީގެ މުއްދަތުހަމަނުވާ ކޮޕީއެއް އެއްކަރުދާސްކުރަންވާނެވެ.މިއިޢުލާނާގުޅިގެން ގަންނަންބޭނުންވާ ތަކެތީގެ ލިސްޓް އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް
