ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ މާލީ ބާޒާރު ހަރުދަނާކޮށް، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއެރުން ހޯދައިދިނުމުގައި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ) އިން ކުރަމުންދާ މަސައްކަތަށް 26 ޖެނުއަރީ 2026 ގައި 20 އަހަރު ފުރިފައިވާތީ މި މުހިންމު މުނާސަބަތާ ގުޅުވައިގެން، އޮތޯރިޓީން ވޭތުވެދިޔަ 20 އަހަރުދުވަހުގެ ކާމިޔާބީއާއި، އިތުބާރާއި، އަދި އަސާސީ ހަމަތައް ރަމްޒުކޮށްދޭ ހާއްސަ ލޯގޯއެއް ތައާރަފުކުރުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން، މި އަހަރީ ދުވަސް ފާހަގަކުރުމަށް ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމުގެ މުބާރާތެއް ހުޅުވާލައި އެކަން އާންމުކޮށް އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ފެބުރުވަރީ 2026 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 23:59 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މިކަމާ ގުޅޭ އިތުރު ތަފްޞީލުތައް ހިމެނޭ ގައިޑްލައިނެއް މި އިޢުލާނާއެކު އެއްހީރަސްކުރެވިފައިވާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.cmda.gov.mv އަށްވެސް އަޕްލޯޑް ކުރެވިފައިވާނެއެވެ.
----------------------------
