ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އާންމު ތަންތަނާއި މަގުތަކުގައި ވެހިކަލް ޕާކްކުރުމާއި ގުޅޭ.

ރަށުގެ އާންމުން އެއްވެ ނުވަތަ ދާންޖެހޭ ބައެއް ސަރަޙައްދުތަކުގައި ވެހިކަލްތައް މަގުގެ ދެފަރާތުގަ ޕާކްކޮށްފައި ހުންނަގޮތުން އުދަނގޫވާކަމަށް ރައްޔިތުންގެ ފަރާތުން މިކައުންސިލަށް ޝަކުވާ ލިބިފައިވެއެވެ. ވަކީން ޚާއްސަކޮށް ކުދި ގޯޅިތަކުގައި، މިގޮތަށް ޕާކުކޮށްފައި ހުރުމުން މުޅިގޯޅި ބޮލޮކްވާކަމަށް ޝަކުވާ ލިބިފައިވެއެވެ. މިކަމާއި ގުޅިގެން މިކައުންސިލުން ބެލިބެލުމުން މިކަން ހިގަމުންދަނީ މިގޮތަށްކަން ފާހަގަ ކުރެވިފައި ވެއެވެ.

މަގުތަކަކީ އެންމެނަށް ފަސޭހައިން ހިނގާބިގާ އަދި އެއްގަމު އުޅަނދުގައި ދަތުރުކުރެވޭ ތަނަކަށް ހެއްދެވުމަށް ފަރުދީ ޒިންމާ އަދާކުރެވުމަށް އިލްތިމާސް ކުރަމެވެ. އަދި ހެދިފައިވާ ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލު ކުރެއްވުމަށާއި އާންމު ރައްޔިތުންނަށް އުނދަގޫ ނުވާގޮތެއްގެ މަތިން ވެހިކަލްތައް ޕާކު ކުރެއްވުމަށް ނަސޭހަތްތެރިވަމެވެ.

                މިހެންވެމިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ފެބުރުވަރީ 2026
ހޯދާ