މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2026 ވަނަ އަހަރު ކުނިފީ އެއްފަހަރާ 6 މަސްދުވަހަށް ނުވަތަ މުޅިއަހަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭ

2026 ވަނަ އަހަރު ކުނިފީ އެއްފަހަރާ 6 މަސްދުވަހަށް ނުވަތަ މުޅިއަހަރަށް ދެއްކޭނެ އިންތިޒާމް މިހާރުވަނީ ހަމަޖެހިފައެވެ. 2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހަށް ނުވަތަ މުޅިއަހަރަށް ފީދެއްކުމަށްޓަކައި 2026 ފެބްރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މި އިދާރާގެ ބޭންކް އެކައުންޓަށް ފައިސާ ޓްރާންސްފާރ ކުރެއްވުން އެދެމެވެ. ނުވަތަ ރަސްމީގަޑީގައި ކައުންސިލް އިދާރާއަށް ވަޑައިގެން ނަގުދު ފައިސާ އިން ފީ ދެއްކެވުން އެދެމެވެ.

2026 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަގެ މުއްދަތަށް ކުނިފީ ދައްކަވާ ފަރާތްތަކުން 2026 ޖުލައި 31 ގެ ނިޔަލަށް 2026 ވަނަ އަހަރުގެ ބާކީ އޮތް 6 މަސްދުވަހަށް ފީ ދައްކަންވާނެއެވެ. ނުވަތަ 2026 ޖުލައިމަހުން ފެށިގެން މަހުންމަހަށް ފީ ދައްކަމުން ދިއުމުގެ ފުރުސަތު އޮންނާނެވާހަކަ ދެންނެވީމެވެ. އެޑްވާންސްކޮށް ފައިސާ ދައްކާ ފަރާތްތަކުން ޚިދުމަތުން ވަކިވިކަމުގައި ވިޔަސް ފައިސާ ރީފަންޑް ކޮށްދެވެން ނެތް ވާހަކަ ދެންނެވީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި ޢިޢުލާން ކުރީމެވެ.

02 ފެބުރުވަރީ 2026
ހޯދާ