ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙާފިޘްގެ ހުރުމާއި ކެއުން ހަމަޖެއްސުމާއިގުޅޭ

1447 ވަނަ އަހަރުގެ ރަމަޟާންމަހު އިމާމުވެ ތަރާވީޙް ނަމާދު ކުރުމަށް ގެނެވޭ ޙާފިޘުގެ ފަރިއްކޮޅާއި އަދި ހުރުމުގެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، ތިރީގައިވާ ޝަރުތުތަކާއިއެކު މިކަން ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2026 ފެބުރުވަރީ 8 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަމްބަރު 6780034 އާއި ގުޅުއްވުން އެދެމެވެ.

ޝަރުތު

  • ކޮޓަރީގައި މައިގަނޑު ފަރިނީޗަރު ހަމައަށް ހުރުން. ( އެނދު، އަލަމާރި، ޑްރެސިންގ ޓޭބަލް )
  • ކޮޓަރީގައި އޭސީ ހަރުކޮށްފައި ހުރުން
  • އަންނައުނު ދޮވެ އިސްތިރިކޮށް ދިނުން
  • ފަރިއްކޮޅު ހަމަޖައްސައިދިނުން ( ރޯދަ ވީއްލުން، ތަރާވިސްދަން، ހާރުދަން )

                    މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ފެބުރުވަރީ 2026
ހޯދާ