ދިވެހިރާއްޖެ
އިޢުލާނު
ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން
ރާއްޖޭގައި އިމާރާތްކުރުމުގެ ސިނާއަތު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވައި ތަރައްޤީކޮށް، އެ ސިނާއަތުގެ ކުރިމަގު ބައްޓަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ބޭނުންވާ ލަފައާއި މަޝްވަރާ ދިނުމަށްޓަކައި، "ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީ" ގެ ނަމުގައި އުފެއްދުމަށް ހަމަޖެހިފައިވާ ކޮމިޓީއަށް، ތިރީގައި ދަންނަވާފައިވާ ދާއިރާތައް ތަމްސީލުކުރާ މެންބަރުން ޢައްޔަންކުރުމަށްޓަކައި، މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދުން ފެށިގެން 16 ފެބުރުވަރީ 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލައި، އެކަން އިޢުލާނުކުރަމެވެ.
|
# |
ތަމްސީލުކުރާ ދާއިރާ |
މެންބަރުންގެ ޢަދަދު |
|
1. |
އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމުޢިއްޔާ ޖަމާއަތްތައް |
3 |
|
2. |
ސިވިލް/ސްޓްރަކްޗްރަލް އިންޖިނިއަރިންގގެ ދާއިރާ |
1 |
|
3. |
އާކިޓެކްޗަރގެ ދާއިރާ |
1 |
|
4. |
ކުއެންޓިޓީ ސަރވޭއިންގގެ ދާއިރާ |
1 |
|
5. |
ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓްރީގައި ހިމެނޭ ތިރީގައިވާ ކެޓަރގަރީގެ ކޮންޓްރެކްޓަރުން ތަމްސީލުކުރާ ފަރާތްތައް: |
|
|
- |
ޖެނެރަލް ބިލްޑިންގ/ ޖެނެރަލް ސިވިލް ކޮންޓްރެކްޓަރުން |
1 |
|
- |
ހާބަރ ކޮންޓްރެކްޓަރުން |
1 |
|
- |
ޔޫޓިލިޓީ ކޮންޓްރެކްޓަރުން |
1 |
|
- |
އިމާރާތްކުރުމުގެ ދާއިރާއާގުޅޭ ތަކެތި އެތެރެކޮށް ސަޕްލައިކޮށްދިނުމުގެ މަސައްކަތްކުރާ ފަރާތްތައް |
1 |
|
6. |
މީހުން ބިނާކުރުމުގެ ދާއިރާ (ޕޮލިޓެކްނިކް، ޔުނިވަރސިޓީ އަދި ކޮލެޖް ފަދަ ތަންތަން) |
1 |
|
7. |
ކޮންސްޓްރަކްޝަން މެނެޖްމަންޓް/ޕްރޮޖެކްޓް މެނެޖްމަންޓުގެ ދާއިރާ |
1 |
|
8. |
ބިލްޑިންގ ސަރވިސަސް އިންޖިނިއަރިންގގެ ދާއިރާ |
1 |
ކޮމިޓީގެ މަސްޢޫލިއްޔަތުތައް:
ތިރީގައިވާ ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރަކަށް ބޭނުންވާ ލަފައާއި މަޝްވަރާ ދިނުން:
1. އިމާރާތްކުރުމުގެ ދާއިރާ ރެގިއުލޭޓުކުރުމުގެ މަސައްކަތްތައް ހަރުދަނާކުރުމަށްޓަކައި، އެ ދާއިރާގެ ރެގިއުލޭޓަރީ ފްރޭމްވަރކްތަކާއި، ސްޓޭންޑަރޑްތަކާއި ކޯޑުތަކާބެހޭ ގޮތުންނާއި، އެ ސިނާއަތުގެ މަސައްކަތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމާބެހޭގޮތުން ލަފައާއި މަޝްވަރާ ދިނުން.
2. އިމާރާތްކުރުމުގެ ސިނާއަތު ތަރައްޤީކުރުމަށް އެ ދާއިރާއާ ގުޅުންހުރި އެހެނިހެން ޚިދުމަތްތައް (މިސާލު: އިމާރާތްކުރުމުގެ ދާއިރާގެ އިކްއިޕްމަންޓް/ މެޓީރިއަލް/ ސަޕްލައި/ ތަކެތީގެ އަގު) ކުރިއަރުވައި ތަރައްޤީކުރުމާ ބެހޭގޮތުން ލަފައާއި މަޝްވަރާ ދިނުން.
3. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން އިމާރާތްކުރުމުގެ ސިނާއަތުގައި އިންވެސްޓްކުރުމުގެ ފުރުސަތުތައް ފަހިކުރުމަށް އިންވެސްޓްމަންޓް އިންސެންޓިވް މެކޭނިޒަމްތައް ތަޢާރުފުކުރުމާއި (މިސާލު: ޓެކްސް، ލޭންޑް ލީޒް، ލޯން ސްކީމްސް)، ސްޓްރެޓީޖިކް ޕާޓްނަރޝިޕްތައް ގާއިމުކުރުމާބެހޭގޮތުން ލަފައާއި މަޝްވަރާ ދިނުން.
4. އިމާރާތްކުރުމުގެ ސިނާއަތުގައި އިނޮވޭޝަން ކުރިއެރުވުމަށް ފުޅާ ދާއިރާއެއްގައި ޓެކްނޯލޮޖީ ބޭނުންކުރުމާއި، ތިމާވެއްޓާ ރައްޓެހި ކްލައިމެޓް ރެސިލިއަންޓް ގްރީން ބިލްޑިންގ ޕްރެކްޓިސްތަކަށް މަގުފަހިކުރުމަށް ލަފައާއި މަޝްވަރާ ދިނުން.
5. އިމާރާތްކުރުމުގެ ދާއިރާއިން ފަންނީ މީހުން ބިނާކުރުމާއި، އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ގާބިލުކަން އިތުރުކުރުމާބެހޭ ގޮތުން ލަފައާއި މަޝްވަރާ ދިނުން.
ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް ޢައްޔަންކުރާނީ ތިރީގައިވާ އަސާސީ ސިފަތައް ފުރިހަމާވާ ފަރާތްތައް ކަމުގައި މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
- ދިވެހި ރައްޔިތަކު ކަމުގައިވުން؛
- އުމުރުން 18 އަހަރު ވެފައިވުން؛
- ތަމްސީލުކުރާ ދާއިރާއާގުޅޭ ފަންނީ ޤާބިލުކަމާއި ތަޖުރިބާ ލިބިފައިވުން؛
- ޖިނާއީ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.
ވީމާ، ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އަންނަނިވި ލިޔުންތަކާއެކު ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
1. މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމު
2. ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑު ފޯމު (އިޢުލާން ކުރި ތާރީޚަށްވުރެ ފަހުން ދޫކޮށްފައިވާ ރިކޯޑުތަކަށްވުން)
3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ (މުއްދަތު ހަމަނުވާ)
4. ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ.)
5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ (އެކްރެޑިޓްކޮށް، އެޓެސްޓްކޮށްފައިވާ) ފޮޓޯކޮޕީ
6. ވަޒީފާ އަދާކުރަމުންދާނަމަ ނުވަތަ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާތައް އެނގޭނެ ގޮތަށް، އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެ ވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ ލިޔުންތަކުގެ ފޮޓޯކޮޕީ
7. ދިވެހިރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ނުވަތަ އެނޫންވެސް އެހެން ހުއްދައެއް ލިބިފައިވާނަމަ އެ ހުއްދައިގެ ފޮޓޯކޮޕީ
ކޮންސްޓްރަކްޝަން ސެކްޓަރ އެޑްވައިޒަރީ ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލުމާގުޅޭ އިސްވެދެންނެވުނު ލިޔުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދުދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން މެންދުރު 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި މި ފޯމުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. ވެބްސައިޓުގެ އެޑްރެހަކީ presidency.gov.mv އެވެ.
