އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ފެރިދޫ ކައުންސިލަށް ބޭނުންވާ 12 ވޯޓަރ ޕިއުރިފައި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

                   އިޢުލާން

 

                     އއ.ފެރިދޫ ކައުންސިލްގެ ތަރައްޤީ ޕްލޭން 2022-2026 ގައި ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދޭނެ އިންތިޒާމް ގާއިމުކުރުމަށްޓަކައި އއ.ފެރިދޫގެ ގޭބިސީތަކަކީ، ބުއިމަށް ބޭނުންކުރާ ފެން، ޕިއުރިފައި ފިލްޓަރ ސިސްޓަމް ބޭނުންކޮށްގެން ސާފުކޮށްފައިވާ ފެން ބޭނުންކުރާ ގޭބިސީތަކަކަށް ހެދުމަށް ވަނީ ކަނޑައެޅިފައެވެ. މިކަން ހާސިލްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އއ.ފެރިދޫ ކައުންސިލަށް ބޭނުންވާ 12 ވޯޓަރ ޕިއުރިފައި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

                  މިކަމަށް ޝައުޤުވެރިވާ ފަރާތްތައް، 2026 ފެބުރުވަރީ 01 ވާ އާދީއްތަ ދުވަހުން ފެށިގެން 2026 ފެބުރުވަރީ 10 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް، ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށްފަހު، އަމިއްލަ ފަރުދަކު ނަމަ އައި.ޑީ ކާޑު ކޮޕީ، ކުންފުންޏަކުންނަމަ ރަޖިސްޓްރީގެ ކޮޕީ، އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2026 ފެބުރުވަރީ 15 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 ގައި މި ކައުންސިލްގެ އިދާރާގައެވެ.

                  މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 2026 ފެބުރުވަރީ 10 ވާ އަންގާރަ ދުވަހު މެންދުރުފަހު 13:30 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

01 ފެބުރުވަރީ 2026
ހޯދާ