މިލަދުންމަޑުލު އުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ށ.ފޭދޫ އިޖުތިމާއީ ސަރަހައްދުތައް 1(އެކެއް) އަހަރު ދުވަހަށް ކުނިކަހާ ސާފުކުރުމުގެ މަސައްކަތް (ދެވަނަ ފަހަރަށް)
ބީލަން ހުށައެޅުމުގެ ދަޢުވަތު (ދެވަނަ ފަހަރު)
- މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ށ.ފޭދޫ އިޖުތިމާއީ ސަރަހައްދުތައް 1(އެކެއް) އަހަރު ދުވަހަށް ކުނިކަހާ ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މި އިދާރާގެ ނަންބަރު: (IUL)274/INDIV/2026/3 ( 22 ޖަނަވަރީ 2026) އިޢުލާނާ ގުޅިގެން، އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާ ސަރަހައްދުތަށް، ދެވަނަ ފަހަރަށް، އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށައެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތު ހަމަވާ ރާއްޖޭގެ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
- މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުން (feydhoo.gov.mv) އަދި ދިވެހި ސަރުކާރުގެ ގެޒެޓުން (gazette.gov.mv) ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
- މި މަސައްކަތާއި ގުޅިގެން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ނޯންނާނެއެވެ.
- ބީލަން ހުށަހަޅަން ވާނީ 2026 ފެބްރުއަރީ 08ވާ ދުވަހުގެ ހެނދުނު 11:00 އަށް މިލަދުންމަޑުލުއުތުރުބުރީ ފޭދޫ ކައުންސިލްގެ އިދާރާއަށެވެ.
- ހުށައަޅާ ބީލަން ވަޒަންކުރާނޭ މިންގަނޑާއި، ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
01 ފެބުރުވަރީ 2026
ހޯދާ
