މުޙްޔިއްދީން ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެގެން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުން 2016 ވަނަ އަހަރަށް މުޙްޔިއްދީން ސްކޫލުގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެގެން ކުރެވުނު ނަންބަރު 54/IUL)MUH-01/1/2015) އިޢުލާނަށް އެކަށީގެންވާ ވަރަށް މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާތީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

މަޢުލޫމާތު ސާފުކުރެއްވުން

08 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 12:00 ގައި

އަންދާސީހިސާބު ހުށަހެޅުމާއި ކެނޑުން

13 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 12:30 ގައި

 

     

ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާން ކުރެވިފައިވާ ދުވަސްތަކުގައި މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 3390634 އަށް ގުޅުއްވުން އެދެމެވެ.

01 ޑިސެންބަރު 2015
ހޯދާ