ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ: ކޮމްޕިއުޓަރ ސާވަރ ކްލަސްޓަރ މެނޭޖްކުރުމަށް ބޭނުންކުރާ ސޮފްޓްވެއަރގެ ލައިސެންސް (Microsoft Azure) ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭނުންކުރާ ކޮމްޕިއުޓަރ ސާވަރ ކްލަސްޓަރ މެނޭޖްކުރުމަށް ބޭނުންކުރާ ސޮފްޓްވެއަރގެ ލައިސެންސް (Microsoft Azure) ހަމަވުމާއި ގުޅިގެން ލައިސަންސް އައު ކުރުމަށް ބޭނުންވާތީ މި ޚިދުމަތް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި ވާނެއެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ގޮތުގެމަތިން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުމާއި  ބީލަމާ ގުޅޭގޮތުން ސުވާލު ފޮނުވުން

 

https://forms.office.com/r/Bx2mdhMvuj

ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ކުރަންވާނީ މަތީގައިވާ ލިންކް މެދުވެރިކޮށެވެ. 10 ފެބުރުވަރީ 2026 ވާ އަންގާރަ ދުވަހުގެ 23:59 ގެ ކުރިން ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރީ ކޮށް، ބީލަމާގުޅޭ ގޮތުން އެއްވެސް ސުވާލެއް އޮތްނަމަ  [email protected] އަށް އީމެއިލް ކުރުމުން، 11 ފެބުރުވަރީ 2026 ވާ ބުދަ ދުވަހުގެ 23:59 ގެ ކުރިން، ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ހުރިހާ ފަރާތްތަކަށް ޖަވާބު ފޮނުވޭނެއެވެ.

*ނޯޓް: މިއިޢުލާނާއެކު ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް އެއްއުރަ ކުރެވިފައި އެވަނީއެވެ.

 

ބީލަން ހުށަހެޅުމާއި ހުޅުވަންވީ

ތަނާއި ސުންގަޑި

 

17 ފެބުރުވަރީ 2026 ވާ އަންގާރަ ދުވަހުގެ 10:30 ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި، 

ބިޑު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ މަތީގައި ބަޔާން ކޮށްފައިވާ ލިންކް މެދުވެރިކޮށް ބިޑު ހުށަހެޅުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަން ހުޅުވުމަށް ހަމަޖައްސާފައިވާ ތާރީޚަކީ އެއްވެސް ސަބަބަކާ ހުރެ ސަރުކާރުން ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ ބީލަން ހުޅުވުން އޮންނާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުގެ މަތީގައި ބަޔާންކޮށްފައިވާ ގަޑީގައެވެ.

 

01 ފެބުރުވަރީ 2026
ހޯދާ