މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ 04 ވަނަ ކުއާޓަރގެ މާލީ ހިސާބުތައް ޢާންމު ކުރުމާގުޅޭ:

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޤަވާއިދު ނަންބަރު: R-1050/2019 (ސެކިއުރިޓީޒް ދޫކުރާ ފަރާތްތަކުގެ މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއާބެހޭ ގަވާއިދު) ގެ 10 ވަނަ މާއްދާގެ (ނ) ގެ ދަށުން 2025 ވަނަ އަހަރުގެ 04 ވަނަ ކުއާޓަރގެ ރިޕޯޓު އަދި މާލީ ހިސާބު 2026 ޖަނަވަރީ 31 ގެ ނިޔަލަށް ޝާއިޢުކުރަންޖެހެއެވެ. ނަމަވެސް، މިކުންފުނީގެ 2025 ވަނަ އަހަރުގެ 04 ވަނަ ކުއާޓަރގެ ރިޕޯޓު އަދި މާލީ ހިސާބު އެންމެ ލަސްވެގެން 2026 ޖަނަވަރީ 31 ވަނަ ދުވަހުގެ ކުރިން ޢާންމުކުރުމަށް މަސައްކަތް ކުރަމުންއައި ނަމަވެސް، އިތުރަށް މިކުންފުންޏަށް މުއްދަތު ބޭނުންވާތީ، މާލީ ހިސާބު ޢާންމުކުރާ މުއްދަތު 2026 މާރިޗު 10 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމުގެ ހުއްދައަށް އެދި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުށަހަޅާފައިވާކަން ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

01 ފެބުރުވަރީ 2026
ހޯދާ