ގއ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ވިޔަފާރި އުސޫލުން މި މަދަރުސާގެ ސެކިއުރިޓީ 1 އަހަރުދުވަހަށް (2016 ޖަނަވަރީ 1 ން ފެށިގެން 2016 ޑިސެންބަރު 31 އަށް) ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޑިސެންބަރު 08 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް މިމަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޑިސެންބަރު 16 ވާ ބުދަ ދުވަހުގެ މެންދުރުފަހުގެ 01:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ބޭއްވޭ ބައްދަލުވުމުގައި ބައިވެރިވުމަށް ބަދަލުގައި އެހެން މީހަކު ފޮނުއްވާނަމަ، އެކަން އެނގޭގޮތަށް ސިޓީއެއް ފޮނުއްވަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑީގެ ފަހުން މަޢުލޫމާތު ސާފުކޮށްދިނުމާއި، އަދި އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

01 ޑިސެންބަރު 2015
ހޯދާ