ދިވެހިރާއްޖެ
އިޢުލާން
|
1447 ވަނަ އަހަރުގެ ރަމަޟާންމަހަށް މިސްކިތު އާބާތުރަ ފިލުވުމަށާއި، ތަރާވީޙް ނަމާދުކުރުމަށް ގެންނަ ހާފިޒްގެ ކަންތައްތައް ހަމަޖެއްސުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލުމާގުޅޭ: |
1447 ވަނަ އަހަރުގެ ރަމަޟާންމަހަށް މިސްކިތްތަކުގެ އާބާތުރު ފިލުވުމަށް ބޭނުންވާ ތަކެތި ހަދިޔާކުރުމަށް ނުވަތަ އެކަމަށް ދާނެ ހަރަދު ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށާއި، ތަރާވީޙް ނަމާދުކުރުމަށް ގެންނަ ހާފިޒްގެ ކަންތައްތަކަށް އެހީތެރިވެދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. އެގޮތުން ބޭނުންވާ ކަންތައްތައް ތިރީގައި އެވަނީއެވެ.
|
# |
ފަލާޙް މިސްކިތަށް ބޭނުންވާ ތަކެތީގެ ތަފްސީލް |
އަދަދު |
|
1 |
މިސްކިތުގައި ހުރި 24 ބީ.ޓީ.ޔޫގެ އޭސީ ސަރވިސްކުރުން |
1 |
|
2 |
މިސްކިތުގައި ހުރި 24 ބީ.ޓީ.ޔޫގެ އޭސީ ބަދަލުކުރުން |
1 |
|
3 |
ފެންޑާއަށް ބޭނުންވާ ފަންކާ ހޯދުން ( އުސާ ބްރޭޑްގެ ) |
5 |
|
4 |
މިސްކިތު އަޅާފައިވާ ނެވިލޯނުތައް މަރާމާތުކުރުން |
- |
|
5 |
މިސްކިތު އެތެރެ އިންފާރު ކުލަލުން |
- |
|
6 |
މިސްކިތަށް 9000 ބީ.ޓީ.ޔޫގެ އޭސީ ހޯދުން |
1 |
|
7 |
ވަޅުތަޅުންގަނޑާއި ކައިރިފަށުގައި ދަވާދުލުން |
- |
|
8 |
ވުޟޫކުރަން ބޭނުންކުރާ އިސްކުރުތައް ބަދަލުކުރުން |
- |
|
9 |
ފެންނަގާ މޯޓަރ ބަހައްޓާތަން މަރާމާތުކުރުން |
- |
|
10 |
މިސްކިތު ގޯތިތެރެއަށް ވެލިލުން |
- |
|
11 |
ފެން ކޭސް 5 ( ލީޓަރ ) ( ދެމިސްކިތަށް ) |
- |
|
12 |
ޑިސްޕޮސިބަލް ފެންބޯ ތަށި ( ކަރުދާސް ) ( 6 އައުންސް ) |
6 ކޭސް |
|
# |
ހުކުރު މިސްކިތަށް ބޭނުންވާ ތަކެތީގެ ތަފްސީލް |
އަދަދު |
|
1 |
މިސްކިތު އެތެރެއާއި ބޭރު އަދި މަގުފާރު ކުލަލުން |
- |
|
2 |
ދޮރުތަކުގައި ވަރުނިސްލުމާއި ތަނބުތަކުގައި ދަވާދުލުން |
- |
|
3 |
މިސްކިތުގައި ހަރުކޮށްފައިވާ އޯބިޓް ފަންކާތައް ބަދަލުކުރުން |
8 |
|
4 |
މިސްކިތު ސައުންޑް ސިސްޓަމް ބަދަލުކުރުން. |
- |
|
6 |
ވުޟޫކުރުމަށް ބޭނުންކުރާ އިސްކުރުތަށް ބަދަލުކުރުން |
- |
ތަރާވީޙް ނަމާދުކުރުމަށް ގެންނަ ހާފިޒްގެ ޙަރަދުތައް:
|
# |
ތަފްޞީލް |
ޚަރަދު |
|
1 |
ތަރާވީޙް ނަމާދު ކުރާ ހާފިޒް ގެނައުމުގެ ހަރަދު |
29500/- |
|
2 |
ތަރާވީޙް ނަމާދު ކުރާ ހާފިޒްގެ ކެއުމުގެ އިންތިޒާމް |
4500/- |
|
3 |
ތަރާވީޙް ނަމާދު ކުރާ ހާފިޒް ހުރުމުގެ އިންތިޒާމް (އޭސީ ކޮޓަރީ) |
8000/- |
ވީމާ، މަތީގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކަށް އެހީތެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން، މަސައްކަތް ކޮށްދިނުން، ފައިސާގެ އެހީ ނުވަތަ ތަކެތި ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކުން 8 ފެބްރުއަރީ 2026 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ކައުންސިލްގެ 6660059 ނަމްބަރަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލްކުރައްވައިގެން ކުރިއަށް ގެންދިއުމަށް ދަންނަވަމެވެ. ފުރަތަމަ ހުށަހަޅާ ފަރާތަކަށް ފުރަތަމަ ފުރުޞަތު ދެވޭނެވާހަކަ ދަންނަވަމެވެ. މިފުރުޞަތުގައި މިފަދަ ކަންކަމަށް އެންމެހާ ފަރާތްތަކުން ދެއްވާ ދީލަތި އެހީތެރިކަމާއި އެއްބާރުލުމަށް އިޙްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.
